ޚަބަރު

ޤައުމީ ދުވަހު، ޤައުމުގެ ޙާލަތު އަބްދުއްރަޙީމް ވިދާޅުވެދެއްވީ ޅެމަކުން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޤައުމީ ދުވަސް ބައްދަލު ކުރިއިރު، ދުވަހުގެ ޙާލަތު އޮތް ގޮތް ބަޔާން ކުރެއްވުމަށް، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް މިއަދު ޅެން ބައިތުތަކެއް ވިދާޅުވެދެއްވައިފިއެވެ.

Ads by MWSC

ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕެއިނަށް މިއަދު ހއ.މުރައިދޫއަށް ވަޑައިގެން ޢަބްދުއްރަޙީމް ވިދާޅުވީ ޤައުމީ ދުވަހާއި ގުޅޭގޮތުން ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ބުނެދެއްވާނެ އެއްޗެއް ނެތް ކަމަށެވެ.

ނަމަވެސް މި ދުވަހު ޤައުމުގެ ޙާލުގެ ދުލުން ބުނާ ވާހަކަތަކެއްކަން ފާހަގަކުރައްވައި، އޭނާ ދެން ވިދާޅުވެދެއްވީ ޅެމެކެވެ.

"އައިކަމަކު ޤައުމީ ދުވަސް، ޤައުމިއްޔަތުގެ ރޫޙެއް ނެތޭ،

ހައިބަތާއި ޤަދަރެއް މި ޤައުމުގެ ޙުރުމަތެއް މިއަދަކު ނެތޭ."

"އިރު ފެނުން ތޮޅެލީ ވަގުތު، ކުރަހައިދެމުން ދިޔަ މަންޒަރުން،

އިރުގެ މޮޅިވެރި ސޫރަފެނި، ވިރެނީ ބިރުން ޤައުމުގެ ހިތޭ."

އޭނާ ވިދާޅުވީ މިއީ މިއަދު ޤައުމުގެ ޙާލަތު ކަމަށެވެ. އަމިއްލަ ބާރު ޤައުމުގެ ކަންކަމަށް ނެތްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުން ދިވެހީންގެ މިނިވަންކަން ގަސްދުގައި ގެއްލުވައިލައިފައިވާ ކަމަށެވެ.

މީގެ އެތައް އަހަރެއް ކުރިން، އަނދިރިއަނދިރިން ދިވެހީންގެ ދީން ބަދަލު ކުރަން މަޖުބޫރުކޮށް ގަދަކަމުން ކަރަށް ރާ އަޅަން އުޅުނުއިރު، މިއަދު ވެސް ތަކުރާރު ވަނީ އެފަދަ ކަންތައްތަކެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ޔާމީނުވެރިކަމުގަ ފުޑްކޯޓް ކާމިޔާބުކުރި މީހުންއަތުން
    ފޭރިގަނެ 21200ރ ގެބަދަލު 12000ރު ގެކުޑކުށްޔަކަށް ކަށް ކަލޯގެ ދަރިޔަށް ދިންގޮތް
    ހިމަނާލިނަމަ ހާދަ ފުރިހަމަވީހޭ ހެެހެހެ ޓިނުވަގު