Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވާން އެބަޖެހޭ: މުއިއްޒު

ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވާން އެބަޖެހޭ: މުއިއްޒު

ދިވެހިރާއްޖޭގެ ޤައުމީ މަސްލަޙަތު ހިމެނޭ ކޮންމެ ކަމެއްގައި ބަސްބުނަން ވާނީ ދިވެހިންކަމަށާއި ޤައުމީ ކޮންމެ ކަމަކަށް އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވާންޖެހޭކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކޯލިޝަން ޕާޓީތަކުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޤައުމީ މިނިވަންކަމާއި ޤައުމުގެ މަސްލަޙަތު ހިމެނޭ ކޮންމެ ކަމެއްގައިމެ ދިވެހިންނަކީ ކުރިއަށް ނިކުންނަ ބައެއްކަމަށާއި އެއީ މިއަދުވެސް ފެންނަ ވަރަށް އުފާވެރި މަންޒަރެއްކަމަށެވެ.

އިހުޒަމާނުގައި މިނިވަންކަން ގެއްލުވާލުމަށް ކަނޑިއާއި ބަޑި ގެންގުޅުނަމަވެސް މިހާރު މިނިވަންކަމާ ކުޅެނީ ބޭރުގެ ސިފައިން ރާއްޖޭގައި ބައިތިއްބައިކަމަށާއި އެއްވެސް ބޭނުމެއްގައި ބޭރުގެ ސިފައިން މި ރާއްޖޭގައި ތިބުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Advertisement
HDC — Sidebar (box)

"އެއްބައިފަހަރު ދަންނަވާނެ ނެތޭ، އަނެއްބައިފަހަރު އުހުން އެބަތިއްބޭ، ތިބީ ހަތިޔާރު ހިފައިގެނެއްނޫނޭ، އަނެއް ދުވަހަކު، ނޫން އެހެނެއްނޫނޭ ހަތިޔާރެއްވެސް ނެތޭ ކުލަ ހެދުމުގައޭ ތިބީ، ތިބީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭށޭ، އަނެއް ދުވަހަކު ދަންނަވާނޭ ނޫނެކޭ ބަދިގޭ ކައްކަންށޭ ތިބީ، ދެން ކޮންމެ ގޮތަކަށް ވިޔަސް މިތާ ތިބެގެން ނުވާނެ ނޫންތޯ އެހެން ޤައުމެއްގެ ސިފައިން؟"

މުއިއްޒު ވަނީ 464 އަހަރު ކުރިން ބޮޑުތަކުރުފާނު ދިވެހިރާއްޖެ ދިވެހީންނަށް ހޯދައިދެއްވި ގޮތަށް، 30 ސެޕްޓެންބަރުގައި އޮންނަ ރިޔާސީ އިއްތިޚާބުގެ ދެވަނަ ބުރުގައި ދިވެހީންނަށް ދިވެހިރާއްޖެ އަނބުރާ ހޯދައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

މާލެގެ މޭޔަރުގެ މަޤާމުގައިވެސް ހުންނެވި ޑރ. މުއިއްޒު ވިދާޅުވީ ސިޔާސީ ފިކުރުތައް އެއްފަރާތްކޮށް ޤައުމީ މަސައްކަތުގައި، ޤައުމުގެ މަސްލަޙަތު އިސްކުރައްވައި ހުރިހާ ޕާޓީތަކަކުންވެސް ވާހަކަ ދައްކަވާ މަންޒަރު ފެނިވަޑައިގަތުމުން ވަރަށް އުފާކުރައްވާކަމަށެވެ. އަދި ޤައުމީ ރޫޙު އިސްކުރެއްވީތީ ހުރިހާ ސިޔާސީ ޕާޓީތަކަށް މުއިއްޒު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް