ޚަބަރު

ޕާޓީ އެންމެން ދާންވީ އިލެކްޝަންސް ކޮމިޝަނަށް: އަދުރޭ 

ރައުފާ ރަޝީދު ، ދެން އޮންލައިން

ރީރަޖިސްޓަރީ ކުރުމަށް ދެ ދުވަސް ތެރޭ 25،000 ފޯމު ހުށަހަޅާފައިވަނީ އެ އޮޅުވާލުމުގެ ތެރެއިން ކަމަށް ވިދާޅުވެ ޕާޓީ އެންމެން އިލެކްޝަންސް ކޮމިޝަނަށް ދިޔުމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ގޮވާލައިފިއެވެ.

Ads by MWSC

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ޑރ. މުޢިއްޒާއެކު ކުމުންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަދުރޭ. ވިދާޅުވީ މި އިންތިހާބު ވަރަށް ނެގުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރު ސްޕީޑްގައި ކުރަމުންދާ ކަމަށެވެ. އަދި ކޮމިޓީތަކުން މިކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ދެދުވަސް ތެރޭގަ 25,000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ވެއްޖެ. މިއީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން" އަދުރޭ ވިދާޅުވިއެވެ.

އަދި މި ކަމަކީ ގަސްތުގަ އޮޅުވާލައިގެން އެކި ނަން ނަމުގަ ފޯމުތައް ލައިގެން ކުރަމުންގެންދާ ވަރަށް ބޮޑު ވައްކަމެއް ކަަމަށާއި މިކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނަށް ވެސް އެބައޮތް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސް, ފުވާދު ތައުފީވެސް މިކަމާ ކަންބޮޑުވުންފާޅުކޮށްފައިވާ ކަމަށާއި މިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިވަރުން ދާނަމަ މި އިންތިހާބު ބޮޑުތަކުން ރައީސް ޞާލިޙް ވަގަށްނަގާނެ ކަމަށާއި އެ ފުރުސަތު ދޭން ބޭނުން ނުވާ ކަަމަށް އަދުރޭ ވިދާޅުވިއެވެ.

"ލާހިކެއް ނޫން މި އިންތިހާބު ވަގަށް ނަގާކަށް" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިއަދު މެންދުރު އެކެއް ޖަހާއިރު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވާނެ ކަމަށާއި މިކަމުގެ ހަގީގަތް ބަލާނެ ކަމަށެވެ.

  1. އެތަނުގެ ފުރާޅުގެ ޓިނު ބަދަލުކުރަން ކަލޭ ދޭބަލަ.