Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ހިޔާ ފްލެޓަކީ ވަކި ބަޔަކަށް ބާރު ހިނގާ ސަރަހައްދެއްނޫން، ފަސްޓް ލޭޑީއަށް ހުރަސް އަޅައި ހަމަލާދޭން ހިންގީ ފިނޑި އަމަލެއް: މަޚްލޫފް

ހިޔާ ފްލެޓަކީ ވަކި ބަޔަކަށް ބާރު ހިނގާ ސަރަހައްދެއްނޫން، ފަސްޓް ލޭޑީއަށް ހުރަސް އަޅައި ހަމަލާދޭން ހިންގީ ފިނޑި އަމަލެއް: މަޚްލޫފް

ފަސްޓްލޭޑީ ފަޒްނާ އަހުމަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދޮރުން ދޮރަށް ކެމްޕެއިން ކުރައްވަން ވަޑައިގަތުމުން، އެތަނުގައި އެކަމަނާއާއި ދެކޮޅަށް ގިނަ ބަޔަކު ނުކުމެ އަޑު އުފުލައި އެކަމަނާއަށް ފުރައްސާރަކުރަން ބަޔަކު ނުކުތުމުން، ހިޔާ ފްލެޓް ސަރަހައްދަކީ ވަކި ބައެއްގެ ބާރު ހިނގާ ސަރަހައްދެއް ނޫންކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ފަޒްނާއާއި ދެކޮޅަށް އަޑު އުފުލަން ނުކުތީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން ކަމަށް ބެލެވޭއިރު އެއްވި މީހުން ގޮވައިލަމުން ދިޔައީ "ޗޯރުގެ ވެރިކަން ނިމެނީ، ނިމެނީ." ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ފަޒްނާގެ ފިރިކަލުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓު ނުދޭނެ ކަމަށް ވެސް ބައެއް މީހުން ގޮވިއެވެ.

https://dhen.mv/197592

Advertisement
Allied Insurance — Square (box)

މިކަމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއިއެކު ކެމްޕޭން ކުރެވެންވާނެ ކަމަށެވެ.

https://twitter.com/AhmedMahloof/status/1703409172673642649

މީގެ އިތުރުން، ފަޒްނާއަށް ހުރަސް އަޅައި އަދި ހަމަލާދޭން މިއަދު ހިންގީ ވަރަށް ފިނޑި އަމަލެއްކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ އެއީ ވަރަށް ފިނޑި އަމަލެއްކަމަށެވެ.

ފަޒްނާގެ ހިތްވަރުގަދަކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ އެގޮތަށް ދައްކާ ބިރަކަށް އެމްޑީޕީ އަދި ފަހަތަށް ނުޖެހޭނެކަމަށާއި އިރާދުކުރެއްވިއްޔާ ދެވަނަ ބުރު ކާމިޔާބުކުރާނެކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް