Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ހުއްޓިފައި ވާތީ, އެކަން ސާފު ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ހައިކޯޓަށް 

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ހުއްޓިފައި ވާތީ, އެކަން ސާފު ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ހައިކޯޓަށް 

ކުރީގެ ރައީސް ޔާމީން އަބްދދުލް ޤައްޔޫމްގެ އިސްތިއުނާފް މައްސަލަ ހުއްޓިފައި ވާތީ, އެކަން ސާފު ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ހައިކޯޓަށް ވަޑައިގެންފިއެވެ.

ހައި ކޯޓަށް ވަޑައިގެންނެވި ލީޑަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް, ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ), ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހިމެނެއެވެ.

އާރަށު މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ނިމުނު އަހަރުގެ ޑިސެންބަރު މަހުގައެވެ. އެހުކުމް ކުރެއްވި ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލު ހައިކޯޓަށް ޕްރޮމޯޓުކޮށްފައިވާއިރު، ރައީސް ޔާމީނުގެ ފަރާތްޕުޅުން އެ މައްސަލަ ފެބްރުއަރީ މަހުގައި ހައިކޯޓުގައި އިސްތިއުނާފުކުރެއްވިއެވެ.

Advertisement
Ooredoo — Square (box)

ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް ޖޫން މަހުގައި ފެށުމަށްފަހު ޖުލައި މަހުގެ ފަހުކޮޅުގައި ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާ ގުޅިގެން އަޑުއެހުންތައް ހުއްޓުނެވެ. އެކަމުގެ ސަބަބުން އިސްތިއުނާފު މައްސަލަ ނުނިމި، އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމް ދެމިއޮތުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލުނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް