Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ނިޒާމީ ވޯޓު ނަގަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު އަންނަ އޮކްޓޯބްރު މަހުގެ 30 ގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ބަހުސްކޮށް ނިންމާ މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 31 މެންބަރުންގެ ވޯޓުންނެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ހުޅުދޫ ދާއިރާގެ މެމްހަރު އިލްޔާސް ލަބީބެވެ.

Advertisement
Allied — Dhen Online (box)

އިލްޔާސް މިއަދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތެއް ބަލަން އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގަން ބޭނުންވާ ކަމަށެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ އުފައްދާފައިވާ އަދި މެމްބަރު އިލްޔާސް ވެސް ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން ވަކާލާތުކުރަމުން އަންނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް