Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ޢުމަރުގެ ނިންމުން މިރޭ ހާމަކުރަނީ

ޢުމަރުގެ ނިންމުން މިރޭ ހާމަކުރަނީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ނިންމާނެގޮތެއް މިރޭ އިޢުލާން ކުރައްވާނެކަމަށް މި އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޓްވީޓެއްކުރައްވައި ޢުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާގުޅޭގޮތުން އޭނާއާއި "ނިއު ޑިރެކްޝަން" ޓީމުން ނިންމާ ނިންމުން މިރޭ 9:30 ބައިގައި ފޭސްބުކާއި ޓިކްޓޮކް މެދުވެރިކޮށް އިޢުލާނުކުރާނެކަމަށެވެ.

https://twitter.com/UmarNaseerMV/status/1704587302910247414

Advertisement
Allied — Dhen Online (box)

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޖުމްލަ 8 ކެނޑިޑޭޓުން ވާދަކޮށްގެން ދެވަނަ ބުރަކަށް ދަތުރުކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ޕީއެންސީގެ ފަރާތުން ޑރ. މުޙައްމަދު މުއިއްޒުއެވެ.

މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައިގެން ފުރަތަމަ ބުރުގައި ޢުމަރު ވަނީ 6 ހާހަށްވުރެ ގިނަ ވޯޓު ހޯދައިގެން 4 ވަނަ ހޯއްދަވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް