Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެމްޑީއޭގެ ނ.އަތޮޅު ކޯޑިނޭޓަރު، ރައީސް ޞާލިޙަށް ތާއީދު ނުކުރައްވަން ނިންމަވައިފި

އެމްޑީއޭގެ ނ.އަތޮޅު ކޯޑިނޭޓަރު، ރައީސް ޞާލިޙަށް ތާއީދު ނުކުރައްވަން ނިންމަވައިފި
އެމްޑީޕީއާއިއެކުގައި ކޯލިޝަންވހަދައިފައިވާ، އެމްޑީއޭގެ ނ. އަތޮޅު ކެމްޕޭނު ކޯޑިނޭޓަރު މުޙައްމަދު އައްބާސް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދު ނުކުރަން ނިންމަވައިފިއެވެ.
އައްބާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިހަށް ތާއީދު ނުކުރެއްވުމަށް އޭނާ ނިންމަވައިފައިވާ ކަމަށެވެ.
މިގޮތަށް ނިންމެވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ %80 ރައްޔިތުންގެ ތެރެއިން މެޖޯރިޓީ ރައްޔިތުން، ރައީސް ޞާލިހު ވެރިކަން ކުރެއްވީ ރަނގަޅަށް ނޫން ކަމަށް ބުނެފައިވާތީ ކަމަށް އައްބާސް ވިދާޅުވިއެވެ. ހަަމަ އެހެންމެ ވެލިދޫ ދާއިރާގެ ރައްޔިތުންނާއި ނ. އަތޮޅުގެ ރައްޔިތުންގެ ވޯޓުލީ މީހުންގެ މެޖޯރިޓީ ވެސް ބުނެފައި ވަނީ ރައީސް ޞާލިހް ވެރިކަން ކުރެއްވީ ރަނގަޅަށް ނޫން ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސްއަށް 40 އިންސައްތަ ވޯޓު ލިބިވަޑައިނުގެންނެވިއިރު، ފުރަތަމަ ބުރުން ކުރި ހޯއްދެވި ޕީއެންސީގެ ރިޔާސީ ޑރ.މުޙައްމަދު މުޢިއްޒު އަށް ލައްކައަކަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް