Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކަރަންޓު ބިލް ފްލެޓު ރޭޓަށް ބަދަލު ކުރުމުން ބިލު 50 ގުނަ ހެޔޮވާނެ: ޝަރީފް

ކަރަންޓު ބިލް ފްލެޓު ރޭޓަށް ބަދަލު ކުރުމުން ބިލު 50 ގުނަ ހެޔޮވާނެ: ޝަރީފް

ކަރަންޓު ބިލް ފްލެޓު ރޭޓަށް ބަދަލު ކުރުމުން ބިލު 50 ގުނަ ހެޔޮވެގެންދާނެ ކަމަށް ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މާވެޔޮ މަގު ހުވަދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށް އެކި ބޭންޑްތަކަކުން އަގުކުރުމުގެ ބަދަލުގައި ފްލެޓް ރޭޓަކުން އަގު ނަގަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ އެކަންބޮޑުވުމަށް ހައްލެއް ގެނައުމުގެ ގޮތުން މީހުން ދިރިއުޅޭ ކޮންމެ ގެއެއްގެ ކަރަންޓް ރޭޓް، ފްލެޓް ރޭޓަކުން ނަގާ ގޮތަށް ބަދަލު ކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ކިތަންމެ ގިނައިން ކަރަންޓް ބޭނުންކުރިޔަސް އެ ބޮޑުވާ ނިސްބަތް ބޮޑުވެގެންނެއް ނުދާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މިކަމާއި ގުޅިގެން ޝަރީފް ވިދާޅުވީ މި ނިންމުން ތަންފީޒު ކުރަން ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށެވެ.

އަދި މި ބަދަލުގެ ސަބަބުން ކަރަންޓު ބިލް 30 ޕަސެންޓާއި 50 ޕަސެންޓުގެ ހެޔޮވުމެއް އަންނާނެ ކަމަށާއި މިހާތަނަށް އަންދާޒާ ކުރެވިފައިވާ ގޮތުގައި މި ބަދަލުގެ ސަބަބުން އެ ކުންފުންޏަށް ގެއްލުމެއް ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް