ޚަބަރު މީހުން

އައްޑޫ ސިޓީ މަރަދޫގައި 81 އަހަރުގެ ފިރިހެނަކު ބަނުމަށްފަހު ފޭރިގަނެއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
Police, ފުލުހުން

އައްޑޫ ސިޓީ މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަށް ވަދެ އެމީހާ ބަނުމަށްފަހު ފޭރިގަތް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފިއެވެ.

Ads by Sosun Fihaara

ފުލުހުން މިކަން ހާމަކުރައްވަމުން ވިދާޅުވީ އުމުރުން ދުވަސްވީ މީހާ ދިރިއުޅޭ ގެއަށް ވަދެފައިވަނީ 50 އަހަރުގެ ފިރިހެނެއްކަމަށާއި އެ މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން، ޓީޝާޓެއް ބޭނުންކޮށްގެން އެމީހާ ބަނދެފައިވަނިކޮށް ސަލާމަތްވާން މަސައްކަތްކުރުމުގެ ތެރޭގައި ބޮޑެތި އަނިޔާތަކެއް އެމީހާއަށް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ވިދާޅުވިގޮތުގައި އެ މައްސަލައިގައި އަނިޔާ ލިބިފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މައްސަލަ މިއަދު ހެނދުނު 6:12 ގައި ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި މައްސަލަ ތަހްގީގްކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދެއެވެ.

މި މައްސަލައިގައި އަނިޔާލިބުނު މީހާގެ އަތުން ފޭރުނު އެއްޗެއްގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައިނުވެއެވެ.

Ads by HDC
  1. އުދުހޭކޮކާ

    ބަހަވީ ހަމަތަކުން ލިޔަން ދަސްކުރަން ފެނޭ..ފޭރިގެންފި.