Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ޔާމީންގެ އަނބިކަނބަލުންނަށް އުފާވެރި ވަގުތުކޮޅެއް

ރައީސް ޔާމީންގެ އަނބިކަނބަލުންނަށް އުފާވެރި ވަގުތުކޮޅެއް

"ވަރަށް ވަރަށް އުފަލުން މިހިރީ" ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގޭ ބަންދަށް ބަދަލު ކުރާތީ އެ ސަރަަހައްދަށް ވަޑައިގެން ތިއްބެވި ސަޕޯޓަރުން ބުނަމުން ދިޔައެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރައްވަން އުޅޭ ކަމުގެ މަޢުލޫމާތު މިއަދު މެނދުރު މީޑިއާތަކަށާއި ސަޕޯޓަރުންނަށް ލިބުމާއެކު އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވަމުން ދިޔައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ސަރަހައްދަށް ވަނީ ސަޕޯޓަރުން ޖަމާވެފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ފެށިއްޖެ ކަމަށް ބުނެ، ސަޕޯޓަރުން ދިޔައީ އުފާ ފާޅުކުރަމުންނެވެ. ހަޅޭކުގެ އަޑާ އެކު، އެކަކު އަނެކަކު ގައިގާ ބައްދައި ރޮމުންދިޔައެވެ.

Advertisement
Allied — Dhen Online (box)

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ރައީސް ޔާމީން ގެކޮޅަށް ވަޑައިގަތްއިރު، އެ ސަރަހައްދުގައި ތިބި ސަޕޯޓަރުން ދިޔައީ އަޑުހަރުކޮށް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވައިލަމުންނެވެ. ރައީސް ޔާމީން އެ ސަރަހައްދަށް ވަޑައިގެންނެވި އިރު އަނބިކަނބަލުން މެޑަމް ފާތުން ހުންނެވީ ގޭގެ ދޮރުކޮޅުމަތީގައި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ތައްޔާރަށެވެ.

ކާރުން ފޭބުމަށްފަހު ރައީސް ޔާމީން ވަނީ ސަޕޯޓަރުންނަށް ހަނާ އަޅައި ސަލާމްކޮށްފައެވެ. އެއަށްފަހު ގޭގެ ދޮރުކައިރިން އަނބިކަނބަލުން ފާތުން ފެނުމުން އުފަލުން ބައްދާލި މަންޒަރު ފެނިގެން ދިޔައެވެ. އެވަގުތު މެޑަމް ފާތުންގެ ލޮލުން ފާއްދާލި އުފާވެރިކަމުގެ ކަރުނައާއެކު ސަޕޯޓާރުންގެ ހަޅޭކުގެ އަޑު ގަދަވެ، އެކަކު އަނެކަކު ގައިގާ ބައްދައި ރޯ މަންޒަރު ފެނިގެން ދިޔައެވެ.

އެއްވެފައިވާ މީހުންގެ ތެރޭގައި ހުންނެވި އަބްދުއްރަހީމް ވެސް ފުރަތަމަ ފެއްޓެވީ ރޯށެވެ. އަބްދުއްރަހީމްގެ އިތުރުން އިންތިހާބީ ރައީސް, ޑރ. މުޙައްމަދު މުޢިއްޒާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް އެވަގުތު ރައީސް ޔާމީންގެ އަރިހުގައި ހުއްޓެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް