Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި

ކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި

ޖަލްސާ ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ނިންމާލައިފިއެވެ.

މަޖިލިސް ފެށިއިރު ތަޅުމަށް ހާޒިރުވެ ތިބީ އެންމެ 15 މެންބަރުންނެވެ. ނަޝީދު ވިދާޅުވީ މާދަމާ ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މެންބަރުން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއަދުގެ ޖަލްސާއަަށް ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ބައެއް ކަންކަން ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފޮނުވާފައިވާ މައްސަލަ އެޖެންޑާކޮށްފައެވެ. ޖަލްސާގެ އެޖެންޑާގައި އެ މައްސަލައިގެ އިތުރުން މަޖިލީހުގެ މެންބަރުން އިތުރުވުން ހިފެހެއްޓުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ބިލާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ އެކުލެވުން ބަދަލުކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބިލު ވެސް ހިމެނެއެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ގަރާރެއް ހުށަހެޅުއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް