Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަޖިލީހަށް ކުރިމަތި ލުމުގެ ޝައުޤެއް ނެތް, ބޭނުންވަނީ އެމްޑީޕީ ވަރުގަދަ ކުރަން: ރައީސް ޞާލިޙް

މަޖިލީހަށް ކުރިމަތި ލުމުގެ ޝައުޤެއް ނެތް, ބޭނުންވަނީ އެމްޑީޕީ ވަރުގަދަ ކުރަން: ރައީސް ޞާލިޙް

މަޖިލީހަށް ކުރިމަތި ލުމުގެ ޝައުޤެއް ނެތް ކަމަށާއި, ބޭނުންވަނީ އެމްޑީޕީ ވަރުގަދަ ކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ފައްކާ ކުރުމަށްޓަކައި ވަރުގަދަ އޮޕޮޒިޝަން ޕާޓީ އެއް އޮންނަން ޖެހޭނެ ކަމަށެވެ.

އަދި މަޖިލީހަށް ކުރިމަތި ލުމުގެ ޝައުގެއް އަދި ނެތް ކަމަށާއި މި ވަގުތު މަސައްކަތް ކުރަމުން ދަނީ ޕާޓީ އެއްކޮށް ހިފެހައްޓައި،  އެމްޑީޕީ ވަރުގަދަ އޮޕޮޒިޝަނަކަށް ހެދުމަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

“މަގާމަކަށް ވުރެ ބޮޑަށް މި ވަގުތު އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ ޕާޓީ އެއްކޮށް ހިފެހެއްޓުމަށްޓަކައި. ޔުނައިޓް ކުރުމަށްޓަކައި. އެމްޑީޕީ ވަރުގަދަ އޮޕޮޒިޝަނަކަށް ހެދުމަށްޓަކައި”ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ފައްކާކުރަން ކުރަން އަދިވެސް ކުރަން ހުރި ކަންކަން އެބަހުރި ކަމަށާއި އެމްޑީޕީގެ ތެރެއިން އެ މަސައްކަތް ކުރައްވާނެ ކަަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް