ޚަބަރު

އިންތިޚާބީ ރައީސްއަށް ފުރުޞަތު ދީ މިވަގުތަށް ނިޒާމު ބަދަލުކުރުމުގެ ވާހަކަ ހުއްޓާލަން ނިންމައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒުއަށް ރިޔާސީ ނިޒާމެއްގެ ދަށުން ވެރިކަން ކުރެއްވުމަށް ފުރުޞަތު ދެއްވުމަށާއި އެހެންކަމުން މިވަގުތު ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ހުއްޓާލައްވަން ނިންމަވައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު އާންމު ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގައި ޤަރާރެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ދިޔަ ނަމަވެސް، ދަ ޑިމޮކްރެޓްސްއިން ހުށަހެޅި އެ ޤަރާރުގެ މަސައްކަތް މިވަގުތު ނުކުރުމަށް ނިންމަވާފައިވާކަމަށާއި އެކަން އިއްޔެ އިންތިޚާބީ ރައީސް މުޢިއްޒުއާއެކު ބޭއްވި ބައްދަލުވުމުގައި ހިއްޞާކޮށްފައިވާނެކަމަށެވެ.

"މަޖިލީހަށް އެބަވެޔޭ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގާފައި. އަދި އެ މަސައްކަތް މަޖިލީހުގައި އެބަ ދެޔޭ. އެހެންނަމަވެސް މިހާރު އަޅުގަނޑު ވެސް އަދި އެ ވޯޓަށް އެދުނު ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ވެސް އެދެނީ އެ މަސައްކަތް މިވަގުތު ނުކުރުމަށޭ. ޑިމޮކްރެޓިކް ޕާޓިން އެދެނީ ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި، އެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުން ޑރ. މުޢިއްޒުގެ ހުވަކުރެއްވުމާއި އަދި ސަރުކާރު ފެށްޓެވުމާއި ގުޅޭގޮތުން ކޮށްދެއްވަންޖެހޭ ކަންކަން މަޖިލީހުގެ ތަރުތީބުގެ ތެރެއިން ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް އަރުވާފައިވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނިޒާމީ ވޯޓުގެ މަސައްކަތްތައް މި ވަގުތަށް މަޑުޖައްސާލުމަށް ނިންމެވި ނަމަވެސް، އެ މަސައްކަތަކީ އަދި ފަހުންވެސް ރައީސް ނަޝީދު ކުރައްވަން ގަސްތުކުރައްވާކަމެއްކަމަށް މުޢިއްޒުއަށް ދެންނެވިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑު ދެންނެވިން ނިޒާމީ ވާހަކަ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން އަދި ދިވެހި މުޖްތަމައުގެ ތެރެއިން ފިލައެއް ނުދެޔޭ. އެހެންވީމާ މިކަމާ ގުޅޭ ގޮތުން އަދިވެސް މަސައްކަތް ކުރެއްވުމަށް އަޅުގަނޑު އެދެނީ. އެދުނީމާ ވިދާޅުވި އިން ޑިއު ކޯސް ވީ ކޭން ސާކަލް ބެކް ޓު އިޓް އެންޑް އާސްކް ދަ ޕަބްލިކް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން ރައީސް ނަޝީދުއަށް ފެނިވަޑައިގަންނަވާ ގޮތުގައި މުޢިއްޒުގެ ވިސްނުންފުޅު އެކަމުގައި ހުރީ ވަރަށް ރަނގަޅަށްކަމަށާއި އެ މަސައްކަތް މި ވަގުތުގައި ނުކުރެއްވި ނަމަވެސް، މުޢިއްޒުވެސް ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ފަހުން ކުރެވެން އޮތް މަސައްކަތެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އިއްޒަތްތެރި މެމްބަރުން ކައިރިން އެދެނީ މި ރިޔާސީ ދައުރު ރީތިކޮށް ފެށުމަށާއި އަދި ޑރ. މުއިއްޒަށް ރައީސްކަން ރީތިކޮށް ކުރުމުގެ ފުރުސަތު އަޅުގަނޑުމެން އެންމެން ވެސް ފަހިކޮށްދިނުމުގެ ގޮތުންނާއެކުގައި އެބޭފުޅާއަށް މި ޖާގަ އެރުވުން، ފެންނަ ނުފެންނަ ވޯޓުގެ މަސައްކަތް މިވަގުތަށް އިހަށް މަޑުޖައްސާފައި ބޭއްވުން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނިޒާމު ބަދަލުކުރުމުގެ މަސައްކަތް މިވަގުތަށް ނިންމާލުމަށް ރައީސް ނަޝީދު އަދި ޑިމޮކްރެޓްސްއިން ނިންމާފައިވާއިރު، އެމްޑީޕީއާއި އަދާލަތުން ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންނުވާކަމަށް ނިންމާފައެވެ.

Ads by Ooredoo
  1. ކުރާށޭ

    މިހަފްތާ ނިމުމުގެ ކުރިން މަމެން ޕިންކީން މަޖްލީސް އިންތިޚާބަށް ކުރިމަތިލާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޓަކައި އެބަޖެހޭ ޕީޕީއެމް އަދި އެމްޑީއޭ އަދި އެމްއެންޕީ އަދި ޖޭޕީ ގުޅެން ގުޅިގެން ބާއްވާނީ ގުޅިފައިވާ ޕާރޓީ ތަކުގެ ޕްރައިމަރީ އެއް އެ ޕްރައިމަރީން އެންމެ ގިނަ ވޯޓް ލިބޭ ދެ މީހުން ގެ މެދުގައި އަނެއްކާ ދެވަނަ ބުރެއް ބާއްވާނީ ވޯޓްލި މީހުންގެ %50 އަށް ވުރެން މަތިން ލިބޭ މީހަކު ނަގަން އެކަން އެގޮތަށް ވެއްޖެނަމަ އިންތިޚާބު ކާމިޔާބުވާނެއޭ މިކަން ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ

  2. އިބޫ ވަރެއް ނެތް

    ތިނަގައި ފިއްޔާ އިނދެ ޖެހޭނެ ވަރު މިހާރު ސޯޝަލް މީޑިޔާއިން އެބަ ފެނޭ ވިއްޔާާ