Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލޭގެ ފިހާރައަކަށް ވަދެ މީހަކަށް ވަޅިން ހަމަލާދިން މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި

މާލޭގެ ފިހާރައަކަށް ވަދެ މީހަކަށް ވަޅިން ހަމަލާދިން މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި

މާލޭގެ ފިހާރައަކަށްވަދެ މީހަކަށް ވަޅިން ހަމަލާދިން މައްސަލައެއް ފުލުހުން ތަހުޤީގުކުރަން ފަށައިފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 11:02 ހައިއިރު ކަމަށާއި ތޫނު އެއްޗަކުން ފިރިހެނަކަށް ހަމަލާދީފައިވާތީ 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ޒަޙަމްވި ފިރިހެން މީހާއަށް އޭޑީކޭއިން ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލަތު މިހާރު ރަނގަޅުކަމަށްވެއެވެ. ނަމަވެސް މިއީ ކިހިނެއް ހިނގައިދިޔަ ހާދިސާއެއް ކަމެއް ފުލުހުން ހާމަކޮށްފައިނުވާއިރު، މި މައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

Advertisement
HDC — Sidebar (box)

ނަމަވެސް ބައެއް އޮންލައިން ނޫސްތަކުން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފިހާރައެއްގެ ތެރޭގައެވެ. ފިހާރައިގެ ސޭޓުގެ ކަރަށް ވަޅިން ހަމަލާދިނުމަށްފަހު އެ އަންހެން މީހާ ފިހާރަތެރެއިން ނުކުންނަ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުންދާކަމަށްވެސް މަޢުލޫމާތުލިބެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް