Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބޮޑުވަޒީރަށް ދަޢުވަތު ދެއްވުމަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް އިންޑިއާ ސިފައިން ފޮނުވާލަން މަސައްކަތް ފައްޓަވާނެކަމުގެ ދަލީލެއް: ޝިޔާމް

ބޮޑުވަޒީރަށް ދަޢުވަތު ދެއްވުމަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް އިންޑިއާ ސިފައިން ފޮނުވާލަން މަސައްކަތް ފައްޓަވާނެކަމުގެ ދަލީލެއް: ޝިޔާމް

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު އަރުވަން ބޭނުންފުޅުވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް އިންޑިއާ ސިފައިން ފޮނުވާލަން މަސައްކަތް ފައްޓަވާނެކަމުގެ ދަލީލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ޝިޔާމް ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ، "ދަ ހިންދޫ" ނޫހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްވި އިންޓަވިއުއެއްގައި އިންތިޚާބީ ރައީސް މުޢިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ނަރެންދަރަ މޯދީއަށް ދަޢުވަތު އަރުވަން ޓްރާންސިޝަން އޮފީހުންވެސް ބޭނުންފުޅުވާތީ އެކަަމަށް އެދި ބޮޑުވަޒީރަށް މިއަދު ސިޓީއެއް ފޮނުއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީއެވެ.

https://twitter.com/Shiyamaldives/status/1710613760191435054

Advertisement
HDC — Sidebar (box)

ޝިޔާމް ވިދާޅުވީ އެކަމުންވެސް ދޭހަވެގެންދަނީ އިންތިޚާބީ ރައީސް، ޑރ. މުޢިއްޒުއަކީ ތަފާތު ބޭފުޅެއްކަމަށެވެ.

ދަ ހިންދޫ ނޫހަށް ރައީސް ނަޝީދު ދެއްވި ބަސްދީގަތުމުގައި އެމަނިކުފާނު ވިދާޅުވީ، އިންޑިއާއާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުމަށް ޑރ. މުޢިއްޒުގެ ސަރުކާރެއްގައި ހީނަރުކަމެއް އަތުވެދާނެކަމަށް ޤަބޫލުފުޅު ނުކުރެވޭކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް