ނިޔާވި ފަޅުވެރިޔާ ފައްސި ވުމުން ބިލެތްދޫ މޮނީޓަރިން ހާލަތަށް

މަސްވެރިކަމުގައި އުޅެނިކޮށް ނިޔާވި ފަޅުވެރިޔާ ކޮވިޑް-19އަށް ފައްސިވުމުން، ފ. ބިލެތްދޫ މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.
އެ ހާދިސާގައި ނިޔާވެފައިވަނީ ފ.ބިލެތްދޫ "ރާސްތާ" ދޯނީގެ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާއަށް ނޭވާލާން އުނދަގޫވެ، ހާލަތު ގޯސްވެގެން އިތުރު ފަރުވާ އަށް ކ. ގުރައިދޫ އަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައެވެ.
ބިލެތްދޫ ކައުންސިލުން ބުނީ އެ ރަށް މޮނީޓަރިން އަށް ގެންދިޔަކަން އެޗްޕީއޭއިން އަނގާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމަށެވެ.
އެޗްޕީއޭ އިން ވަނީ ކ. ގުރައިދޫ ވެސް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.