ޚަބަރު ސަރުކާރު

އޮމާނަށް ދާ ދިވެހީންނަށް އޮން އެރައިވަލް ވިސާ ލިބެނީ ދެ ޝަރުތެއް ފުރިހަމަ ވުމުން: ފޮރިން މިނިސްޓްރީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އަރަބި ގައުމެއް ކަމަށްވާ އޮމާނަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ ކަަމަށް އެ ގައުމުން ފުރަތަމަ ބުނި ކަމަށާއި އެހެން ނަމަވެސް ދިވެހިންނަށް އެ ގައުމުން އޮން އެރައިވަލް ވިސާ ނުދޭކަން މިހާރު އެނގިފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އޮމާނުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވެފައި ވަނީ، މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހުއެވެ.

އެގޮތަށް އެންގެވުމުން، އޮންއެރައިވަލް ވިސާގައި އެެ ގައުމަށް އެތެރެވާން ދިވެއްސަކު މަސައްކަތްކުރި ނަމަވެސް އެގައުމަށް އެތެރެވުމުގެ ހުއްދަ އޭނާއަށް ނުލިބެއެވެ. އޭނާ އެކަން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި ހާމަކުރިއެވެ.

އޮންއެރައިވަލް ވިސާ ލިބޭނީ އޮމާނަށް ދަތުރުކުރާ ދިވެހިންގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓާއި، ކޮންފާމް ކޮށްފައިވާ ހޮޓެލް ބުކިންގެ އިތުރުން ހެލްތު އިންޝޫރެންސާއި ރިޓާން ޓިކެޓު އޮވެގެން ކަމަށް ވެސް ފޮރިން މިނިސްޓްރީން ހާމަކުރައްވައެވެ.

ފޮރިން މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ވަނީ އޮމާނުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަަމަށް މާޗް 30، ގައި އިއުލާނުކުރެއްވީ، އޮމާންގެ ކަމާބެހޭ އިދާރާއިން އެގޮތަށް މައުލޫމާތު ދީފައި އޮތުމުން ކަމަށެވެ.

ނަމަވެސް، އެއަށްފަހު މި މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބެނީ ޝަރުތުތައް ޝަރުތުތަކެއް ފުރިހަމަވުމުންނެވެ. އެއީ، އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ގައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ގައުމެއްގެ ރަށްވެހިކަން އޮތުމާއި، ހޮޓެލް ބުކިން، ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝޫރަންސް އޮތުމެވެ.

ޝަރުތު ހަމަ ނުވާ ދިވެހިން އޮމާނަށް ދަތުރުކުރުމުގެ ކުރިން ވިސާ ނަގަން އެދޭ ކަމަށް ވެސް ބަޔާނުގައި ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

  1. ޝަރުތު ހަމަ ނުވާ ދިވެހިން އޮމާނަށް ދަތުރުކުރުމުގެ ކުރިން ވިސާ ނަގަން އެދޭ ކަމަށް ވެސް ބަޔާނުގައި ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

    އޮމާނުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވީ ކޮންގޮތަކުން