ޚަބަރު

މިދިޔަ މަހު 39،000އަށްވުރެ ގިނަ މީހުންނަށް އަރިދަފުސް ރޯގާ ޖެހުނު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ: ދެން އިމޭޖްސް

އެ އެޖެންސީން ވިދާޅުވި ގޮތުގައި، މިދިޔަ އޯގަސްޓުމަހާއި އަޅާބަލާ އިރު ސެޕްޓެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިދިޔަ އޮގަސްޓް ރޯގާ ޖެހިގެން 28،718 މީހުން ރިޕޯޓް ކޮށްފައިވާ އިރު ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ 39،481 އަށް އިތުރުވެފައި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ހާމަކުރައްވައިފައިވާ ތަފާސް ހިސާބުތަކުގައި ވަނީ، ޑެންގީ ހުމާއި، އަރިދަފުސް ރޯގާއި، ބޭރަށް ހިންގުމުގެ ތަފާސް ހިސާބެވެ. އެ ގޮތުން މިދިޔަ އޮގަސްޓް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައި ވަނީ 327 މީހެކެވެ.

އަދި ސެޕްޓެމްބަރު މަހު ވަނީ 288 މީހަކު ރިޕޯޓް ކޮށްފައި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި އަދަދުތައް ދަށްވެފައި ވީ ނަމަވެސް މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކުރުމަށާއި ބަލިން ރައްކާތެރި ވުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެޗްޕީއޭއިން ވަނީ ފާހަގަކުރައްވައިފައެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!