ޚަބަރު

ދަރަނބޫދޫގައި ކަރަންޓީންގައި ހުރި ނަރުހަކު ކޮވިޑަށް ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފ. ދަރަނބޫދޫގައި ކަރަންޓީންގައި ހުރި ބިދޭސީ ނަރުހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by Hajj Corporation

އެ ރަށުން ކޮވިޑް-19 އަށް ފައްސިވީ ރާއްޖެ އިން ބޭރުގައި ހުރެފައި، ރާއްޖެ އައިސް، ރަށުގައި ކަރަންޓީން ވެގެން ހުރި 34 އަހަރުގެ އިންޑިއާ އަންހެން ނަރުހެކެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއީ އޭނާ ރާއްޖެ އައި ފުރަތަަމަ ފަހަރެވެ.

އެމީހާ ކޮވިޑް-19 އަށް ފައްސި ވެފައިވާކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހު ނެގި ކޮވިޑް ޓެސްޓުގެ ނަތީޖާ އިންނެވެ.

ފައްސިވެފައިވަނީ ކަރަންޓީނުގައި ހުރި މީހެއް ކަމުން އިތުރު މީހަކާއި ކޮންޓެކްޓު ވެފައި ނުވާކަމަށް އެރަށު ކައުންސިލާ ހަވާލާދީ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެކަމާއި ގުޅިގެން ކައުންސިލުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ގެންދަނީ އަޅަމުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށި ފަހުން މި ބަލި ޖެހޭ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.

އެގޮތުން މިހާތަނަށް 6،779 މީހަކު ވަނީ ރާއްޖެއިން ކޮވިޑަށް ފައްސިވެފަ އެވެ. އޭގެ ތެރެއިން 4،222 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 2،531 މީހުންނެވެ. އަދި 27 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!