އަދާލަތުން މަޖިލީހުގެ 5 ގޮނޑިއަކަށް ވާދަކުރަން މަޝްވަރާކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމާމެދު އަދާލަތު ޕާޓީން މަޝްވަރާ ކޮށްފިއެވެ.
އެ ޕާޓީގެ ތަރުޖަމާން އަލީ ނިޒާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު މަޝްވަރާ ކުރެވުނު ކަމަށާއި، އެކަމާމެދު ގޮތެއް ނިންމުމުގެކުރިން ޕާޓީގެ ގޮފިތަކާއި، ދާއިރާތަކާ އިތުރަށް މަޝްވަރާކުރުމަށް އެއްބަސްވެވުނު ކަމަށެވެ.
އަދާލަތު ޕާޓީން ރައްޔިތުންގެ މަޖިލީހުގެ 5 ގޮނޑިއަކަށް ވާދަކުމަށް މަޝްވަރާތައް ފަށާފައިވާއިރު، 2024 ވަނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެކި ޕާޓީން ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން، މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އެމްޑީޕީން އަދި ޕީޕީއެމް/ޕީއެންސީންވެސް ވަނީ ވިދާޅުވެފައެވެ.