އެމްއެންޕީން ޑރ. މުޢިއްޒުއަށް ތާއީދުކުރަން ނިންމީ އެއްވެސް ޝަރުތެއްނެތި: އަދުރޭ

އެމްއެންޕީ އިން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރަން ނިންމަވައި ޕީޕީއެމް/ޕީއެންސީއާއެކު އެއްބަސްވީ އެއްވެސް ޝަރުތެއް ނެތިކަމަށް ޕީއެންސީގެ ޗެއަރޕާސަން އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމުވެސް އަދާ ކުރައްވަމުން ގެންދަވާ ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު އިންތިޚާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގަ އެއްވެސް ޝަރުތަކާނުލާ ޕީއެންސީ އިން ކޯލިޝަން ހެދިކަމަށެވެ.
"ޕީޕީއެމް ޕީއެންސީ ވެރިކަމަށް އަޢީ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތައް ވެގެން. އެ ވައުދުތައް ފުއްދުމަށް ކުރިއަށްދާއިރު އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓޯ ހޯދުން އަޅުގަނޑުމެންނަށް ވަރަށް މުހިންމު، .... އަޅުގަނޑުމެންނާ އެމްއެންޕީއާ އެސްބަސްވި ރޭ ވެސް އެބޭފުޅުން ވިދާޅުވި ތިމަންނަމެން މިއައީ އެއްވެސް ޝަރުތެއް ނެތިއޭ. އެއްވެސް އެއްޗެއް ބޭނުންވެގެނެއް ނޫނޭ މިއައީ" އަދުރޭ ވިދާޅުވިއެވެ.
އެމްއެންޕީގެ ޝަރުތުތަކެއް ނެތްކަމަށް އަދުރޭ ވިދާޅުވި ނަމަވެސް، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ޕީޕީއެމް/ޕީއެންސީ އާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް، ކުރިއަށް ހުރި ހުރިހާ އިންތިހާބުތަކެއްގައި ވާދަކުރުމަށް ކެނޑިޑޭޓުން ނެރޭނީ ތިން ޕާޓީ އިން އެއްކޮށް ކަމަށް، އެޕާޓީންވަނީ ވިދާޅުވެފައެވެ.
ވެރިކަން ބަދަލުވާ މަރުޙަލާގައި އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ކަންތައްތަކަށް އިޝާރާތްކުރައްވަމުން އަދުރޭ ވިދާޅުވީ، ޑރ. މުއިއްޒު ރައްޔިތުން ހޮވީ ނިމިގެން މިދާ ސަރުކާރުގެ ވަޢުދުތަކާއި ކަންކަން ކުރާގޮތް ރައްޔިތުންނަށް ކަމުނުދާތީކަމަށެވެ.
"ނިމިގެން މިދާ ސަރުކާރުގެ ވައުދުތައް ދައްމަމުން ދިޔާމަ ނުނީ އެބޭފުޅުންގެ ވައުދުތައް ނުފުއްދުނީމަ ރައްޔިތުން އެދޭކަމަކަށް ޖާގަ ނުދެއްވާ ވެރިކަމަށް މި ޖާގަ ދެއްވީ. ޑރ. މުއިއްޒު އަށް ޖާގަ ދެއްވީ. ޕީޕީއެމްއާ ޕީއެންސީއަށް ޖާގަދެއްވީ އެ ބޭފުޅުންގެ ވައުދުތައް ރަނގަޅުވީމަ. އަޅުގަނޑުމެން ގަބޫލުކުރާގޮތުގަ ނިމެމުން މިދާ ސަރުކާރުން އިތުރު މަޝްރޫތައް ފައްޓަވައިގެން ނުވާނެ. އެ ބޭފުޅުންނަށް އެ މެންޑޭޓެއް ރައްޔިތުންނެއް ނުދެއްވާ."
އަދި ހަމައެއާއެކު ކުރިއަށް ދާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލަން އެމަނިކުފާނު އަންގަވާފައިނުވާކަމަށާއި، އެހެން ކަމަށް ވިދާޅުވެ ބައެއް ބޭފުޅުން ފަތުރައްވާ ވާހަކަތަކަކީ ދޮގުވާހަކަތަކެއްކަމަށްވެސް އަދުރޭ ވިދާޅުވެފައިވެއެވެ.






ކޮމެންޓް