Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާފަރު އެއާޕޯޓުގައި ޤާއިމުކުރި ފިއުލް ފާމް ބޭނުން ކުރަން ފަށައިފި

މާފަރު އެއާޕޯޓުގައި ޤާއިމުކުރި ފިއުލް ފާމް  ބޭނުން ކުރަން ފަށައިފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން ތަރައްޤީކުރި އެ ކުންފުނީގެ ފުރަތަމަ ތެޔޮ ރައްކާކުރެވޭ ފިއުލް ފާމް ބޭނުންކުރަން ފަށައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މި ފިއުލް ފާމް ހުޅުވުމާ އެކު މާފަރު އެއާޕޯޓުން މިހާރު ދެމުން އަންނަ ހިދުމަތްތައް ވެސް އިތުރަށް ފުޅާ ކުރެވޭނެ ކަމަށެވެ. ހަމަ އެހެންމެ މި ފިއުލް ފާމުގެ ސަބަބުން އެއާޕޯޓަށް ކުރާ ދަތުރުތައް ވެސް އިތުރު ކުރެވޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މި ފިއުލް ފާމާ އެކު އެ ކުންފުންޏަށް ވަންނަ އާމްދަނީ ވެސް އިތުރުކުރެވޭނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މާފަރު އެއާޕޯޓުގައި ތަރައްޤީ ކުރި ތެޔޮ ރައްކާކުރެވޭ ފާމްގައި 400،000 ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭނެ އެވެ. އަދި މަތިންދާ ބޯޓުތަކަށް ތެޔޮ އެޅުމަށް ބޭނުންވާ ވަސީލަތްތައްވެސް ހުންނާނެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މި ފިއުލް ފާމް ހިންގާނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

ގާތްގަނޑަކަށް 2،200 މީޓަރުގެ ދިގު ރަންވޭއެއް އޮންނަ މާފަރު އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި ހެދި ދެވަނައަށް އެންމެ ބޮޑު އެއާޕޯޓެވެ. އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް އިން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި މި އެއާޕޯޓު ހުޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި 2019 ގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް