Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި

ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް ހުށަހަޅާފައި އޮތް މައްސަލަ އަންނަ އާދީއްތަ ދުވަހު ހިންގުމަށް މަޖިލީހުން އެޖެންޑާކޮށްފިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސްދީ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށް އެކަން މެންބަރުންނަށް މިހާރު ވަނީ އަންގާފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މީގެ ކުރިންވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ވަގުތެއްގައި ވައްދާފައި އޮތުމުން އެ މައްސަލަ އެޖެންޑާނުކޮށް ބޭއްވުމަށްފަހު، އެ މައްސަލަ ފަހުން ވަނީ އަނބުރާ ނަގާފައެވެ.

Advertisement
HDC — Sidebar (box)

މަޖިލީހުގެ ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއިއެކުއެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮއެެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް