މާފުށިން މާބަނޑު މީހަކު ކޮވިޑަށް ފައްސިވެއްޖެ

ކ. މާފުށިން މާބަނޑު މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.
"ވަގުތު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފައްސިވި މާބަނޑު އަންހެން މީހާ އަކީ މާލެ އިން އެރަށަށް ގޮސް ކަރަންޓީން ވެގެން ހުރި މީހެއް ކަމަށާއި އޭނާ ފައްސިވީ ކަރަންޓީން މުއްދަތު ހަމަވުމުން ޓެސްޓް ކުރިއިރު ކަމަށެވެ.
ފައްސިވި މާބަނޑު މީހާގެ ދެ އަހަރުގެ ދަރިފުޅު ވެސް ޓެސްޓު ކުރި ކަމަށާއި އެ ކުއްޖާގެ ނަތީޖާ އަދި ނުލިބޭ ކަމަށް އެ ނޫހުގައިވެއެވެ.
މާބަނޑު އަންހެން މީހާ އާއިއެކު ތިން ވަނަ މީހަކު ވެސް ކަރަންޓީން ވެގެން ހުއްޓެވެ. އޭނާގެ ނަތީޖާ ވަނީ ކޮވިޑް-19 އަށް ނައްސި ވެފައި ކަމަށް "ވަގުތު" ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.