Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފޮރުވަންޖެހޭ ނާޖާއިޒު މަންފާ ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ: ގަސަމް

ފޮރުވަންޖެހޭ ނާޖާއިޒު މަންފާ  ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ: ގަސަމް

ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ފޮރުވަން ޖެހޭ ނާޖާއިޒު މަންފާއެއް ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

ގަސަމް މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ އެފްއެސްއެމްގެ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އެޅުމަށްފަހު ނައްތާލަމުންދިޔަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއެކު އޭސީސީއާއި ގިނަ ބައެއްގެ ސަމާލުކަން އެ މައްސަލައަށް ހުއްޓި ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement
Ooredoo — Square (box)

އެގޮތުން މިކަމަށް އިޝާރަތް ކުރައްވާ ގަސަމް ވިދާޅުވީ ކުންފުނީގެ ލިޔެކިޔުންތަކެއް ނައްތާލުމަކީ އޭނާ ހިންގާފައިވާ ނުރަނގަޅު ކަންތައްތަކެއް ފޮރުވުމަށް ކުރި ކަމެއްގެ ގޮތުގައި ދެއްކުމަށް ބައެއް މީހުން މީސް މީޑިއާގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ކޮށްފައިވާ ހަލާލު މަސައްކަތަކުން ނޫނީ ލިބިފައިވާ އެއްޗަކުން އަނބިދަރިންނަށް ކާން ނުދޭ ކަމަށާއި

އޭނާ ހުރީ މައިންބަފައިން ދެއްވި ހެޔޮ ތަރުބިއްޔަތުގެ މަތީގައި ކަމަށް ގަސަމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުންފުނީގައި ކޮށްފައިވާ ކޮންމެ މަސައްކަތެއް ކޮށްފައި ވަނީ ކުންފުނީގެ ކުރިއެރުމަށް ކަމަށާއި ފޮރުވަންޖެހޭ ނާޖާއިޒު މަންފާއެއް ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާކަމުގެ ޔަގީންކަން އަރުވާ ކަމަށް ގަސަމް ވަނީ ވިދާޅުވެފައެވެ.

އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ސޯޝަލް މީޑިއާގައި މި މަހުގެ 22 ވަނަ ދުވަހު އާންމުވެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވުމާއެކު މި މައްސަލާގައި އެފްއެސްއެމްއިން ބުނީ ނައްތައިލީ ގިނަ ދުވަސްތަކެއް ވަންދެން ގުދަންކޮށްފައި ހުރި މިހާރު ބޭނުން ނުހިފޭ ލިޔުންތަކެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް