Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޖީއެސްޓީ ބަޔާން ހުށަހަޅަން މީރާ އިން ހަނދާން ކޮށްދީފި

ޖީއެސްޓީ ބަޔާން ހުށަހަޅަން މީރާ އިން ހަނދާން ކޮށްދީފި

ީޖީއެސްޓީ ބަޔާން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚް ހަމަވާތީ އެ ބަޔާން ހުށަހެޅުމަށް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން ހަނދާންކޮށްދީފިއެވެ.

މިކަން ހަނދާންކޮށްދީ މީރާ އިން ބުރާސްފަތި ދުވަހު ބުނީ ސެޕްޓެމްބަރު މަހާއި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަސް ކަމަށެވެ. އަދި މި ތާރީހުގެ ކުރިން މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުން ވެސް ޖީއެސްޓީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށާއި މި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގާފައި ނުވި ނަމަވެސް، ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ނަމަ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް މީރާއިން ބުނެފައި ވެއެވެ.

މީރާއިން ބުނީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސުންގަޑިއަށް ބަޔާން ހުށަހަޅާ މިންވަރު އެންމެ ދަށްކޮށް އުޅެނީ އެންމެ ކުދި ވިޔަފާރިތަކުން ކަމަށެވެ.

Advertisement
HDC — Sidebar (box)

އެހެންކަމުން މީރާއިން ވަނީތަކުރާރުކޮށް ސުންގަޑިއަށް ޓެކްސް ބަޔާން ހުށަނާޅާނަމަ، އެ ފަރާތްތަކުގެ ޓެކުހާގުޅޭ ޖޫރިމަނާ ލުއިކޮށްދިނުމުގެ ފުރުސަތު ކުޑަވާނެކަމަށް ވެސް ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް