Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރޯވި ޔޮޓުގެ ބޮޑުބައެއް އަނދައި އަޅިއަށްވެއްޖެ

ރޯވި ޔޮޓުގެ ބޮޑުބައެއް އަނދައި އަޅިއަށްވެއްޖެ

ރިޒްކާލްޓަން ރިސޯޓު ކައިރީގައި އޮތް ޔޮޓެއްގައި އަލިފާން ރޯވެ، ޔޮޓުގެ ބޮޑުބައެއް އަނދައި އަޅިއަށްވެއްޖެއެވެ.

މެޖެސްޓީ 62 ނަމަކަށް ކިޔާ މި ޔޮޓުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު ފަޔާ އެންޑް ރެސްކިއު ސާވިސަށް ލިބުނީ ހެނދުނު 7:30 ހާއިރުކަމަށެވެ. އަދި އަލިފާން ރޯވި ވަގުތު ޔޮޓުގައި ތިބި ފަތުރުވެރިންނާއި ޔޮޓުގެ ފަޅުވެރިން ސަލާމްތްކޮށްފައި ވަނީ ރިޒްކާލްޓަން ފަރި ރިސޯޓުގެ ލޯންޗަކުންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފައިވެއެވެ.

[caption id="attachment_202157" align="alignnone" width="1024"]<img class="wp-image-202157 size-large" src="https://cdn.dhen.mv/wp-content/uploads/2023/10/379092_3_759b9d3c4662650bf5433fff02836c97b6cda01c_large-1024x661.jpeg" alt="" width="1024" height="661" /> މެޖެސްޓީ 62 ނަމަކަށް ކިޔާ ޔޮޓުގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަނީ، ފޮޓޯ: އެމްއެންޑީއެފް[/caption]

Advertisement
Ooredoo — Square (box)

މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ 9:48 ހާއިރުކަމަށާއި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ 10:14 ހާއިރުކަމަށް އެމްއެންޑީއެފުން ވަނީ މަޢުލޫމާތުދީފައެވެ.

[caption id="attachment_202156" align="alignnone" width="1024"]<img class="wp-image-202156 size-large" src="https://cdn.dhen.mv/wp-content/uploads/2023/10/379091_3_8ebda923d828f79d2b7ce184dd7303a7fa33754f_large-1024x662.jpeg" alt="" width="1024" height="662" /> މެޖެސްޓީ 62 ނަމަކަށް ކިޔާ ޔޮޓުގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަނީ، ފޮޓޯ: އެމްއެންޑީއެފް[/caption]

ފޮޓޯތަކުން ފެންނަ ގޮތުގައި ރޯވި ޔޮޓުގެ ބޮޑުބައެއް ވަނީ ވަރަށް ބޮޑަށް އަނގައިގެން ގޮސްފައެވެ. އަންދާޒާކުރެވޭގޮތުގައި މި ހާދިސާގައި ލިބުނު ގެއްލުން އެތައް މިލިއަނަކަށް އަރާނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް