ރާއްޖެއިން އދ.ގެ ގަރާރު ކޯ ސްޕޮންސާކޮށްފި

އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންނާއި ފަލަސްތީނުގެ ހަމާސްގެ ހަނގުރާމަވެރިންނާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި، ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރު ކޯ ސްޕޮންސާ ކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.
މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ ޣައްޒާގެ 7000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 3000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. ހަމާސްގެ ހަމަލާތަކުގައި 1،400 މީހުން ވަނީ އިސްރާއީލުން މަރުވެފައެވެ.
މި ހަނގުރާމަ ހުއްޓާލުމަށް ގޮވާލި ގަރާރުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 120 ޤައުމެއްގެ ތާއީދު ލިބިގެން، މި ގަރާރު ވަނީ ފާސްވެފައެވެ. މި ގަރާރާ ދެކޮޅަށް 14 ޤައުމަކުން ވޯޓު ދިންއިރު، 45 ޤައުމަކުން ވަނީ ވަކި ކޮޅަކަށް ވޯޓު ނުދީ ދޫކޮއްލާފައެވެ.
- އޮސްޓްރިއާ
- ކްރޮއޭޝިއާ
- ޗެކް ރިޕަބްލިކް
- ފިޖި
- ގުއަޓަމާލާ
- އިސްރާއީލު
- މާޝަލް އައިލޭންޑްސް
- މައިކްރޮނޭޝިއާ
- ޕަޕުއާ ނިއުގިނީ
- ޕެރަގުއޭ
- ޓޮންގާ
- އެމެރިކާ
- ނައުރު (މައިކްރޮނޭޝިއާގައި ހިމެނޭ ޖަޒީރާ ގައުމެއް)
- ހަންގޭރީ





ކޮމެންޓް