Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަޖިލިސް އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެރިވުމަށް އިންތިޚާބީ ރައީސް ގޮވާލައްވައިފި

މަޖިލިސް އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެރިވުމަށް އިންތިޚާބީ ރައީސް ގޮވާލައްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް މަޖލިސް އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނު ވަރަށް އެދޭކަމެއް ކަމަށެވެ.

އެގޮތުން، އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީން މަޖިލީހުގެ މަދުވެގެން 20 އިންސައްތަ ގޮޑިއަށް އަންހެން ބޭފުޅުން ހޮވުމަށް މަސައްކަތްކުރުމަސްވެސް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.

Advertisement
HDC — Sidebar (box)

"އަދި މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ނޮވެންބަރު ގައި އިޢުލާނުކުރެވޭނެކަމަށް ބެލެވޭއިރު، އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ އެ އިންތިޚާބުގެ ގާނޫނުގައިވާ ގޮތުގެ މައްޗަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅު ކަމަށެވެ.

އަދި އިންތިޚާބު ބާއްވާ ދުވަސް ރޯދަމަހާއި ދިމާވުން ވަރަށް ގާތް ކަމަށާއި، އެއީ ޤާނޫނު އޮތްގޮތުން ދިމާވާ ކަމެއް ކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ. އީސީއިން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓު އަންނަ ނޮވެމްބަރުމަހުގެ ތެރޭގައި އާންމު ކުުރުމަށް މަސައްކަތް ކުރަމުންނެވެ.

މަޖިލިސް އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު، މި އިންތިޚާބުގައި ވާދަ ކުރަން ގިނަ ބަޔަކު ދަނީ ޝައުގުވެރިކަން ފައުޅުކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް