Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަޖިލީހަށް ނިކުންނަ އަންހެން ކެންޑިޑޭޓުން ސްޕޮންސާ ކޮށްދިނުމަށް ޑރ. މުއިއްޒު އެދިވަޑައިގެންފި

މަޖިލީހަށް ނިކުންނަ އަންހެން ކެންޑިޑޭޓުން ސްޕޮންސާ ކޮށްދިނުމަށް ޑރ. މުއިއްޒު އެދިވަޑައިގެންފި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިލާ އަންހެން ކެންޑިޑޭޓުން ހޮވައިދިނުމަށް އެހީތެރިވުމުގެ ގޮތުން، އެ ކެންޑިޑޭޓުން ސްޕޮންސާ ކޮށްދެއްވުމަށް ވިޔަފާރިވެރިގެ ކިބައިން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން އިސްނަގައިގެން ދިވެހި ވިޔަފާރިވެރިންނާއެކު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ވާދަކުރައްވާ އަންހެން ކެންޑިޑޭޓުންނަށް އެހީތެރިކަން ދީ، އެ ކަނބަލުންނަށް މަޖިލީހުން ފުރުޞަތު ހޯދާދިނުމަކީ އެމަނިކުފާނު ވަރަށް އުފާފުޅުވާނެކަމެއް ކަމަށެވެ.

އަދި ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގެ 93 ގޮނޑީގެ ތެރެއިން 19 ގޮނޑިއަށް އަންހެން ބޭފުޅުން ހޮވައިދިނުމަށް ވިޔަފާރިވެރިން ނިކުމެ މަސައްކަތްކޮށްދިނުމަކީ ޤައުމަށް ކޮށްދެވޭނެ ވަރަށް ބޮޑު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

"މާނަވީ ކަމެއްގައި މިހެން ކޮށްދެވޭ ކަންކަމުން އަޅުގަނޑުމެންގެ ޤައުމަށް ހަމަޖެހުން އަންނާނީ. ކުރިއެރުން ލިބޭނީ. އުންމީދު ހާސިލްވެގެން ދާނީ" ޖެން ހޮޓަލުގައި ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ވަނީ އަބަދު އެކައްޗެއް ކިޔައި، ކުރިއަށް އަޅާ ފިޔަވަޅުތަކަށް ވުރެ ގިނަ ފިޔަވަޅު ފަހަތަށް އަޅަން ވެއްޖެނަމަ ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހަށް އަބަދު އިންތިޚާބު ކުރަންވާނީ ފިރިހެނުން ނޫންކަމަށާއި މަޖިލީހުގައި އަންހެނުންގެ ދައުރު ބޮޑުކުރުމަށް އިތުރު ބާރެއް ލާންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަޖެހޭ އެ ކަމަށް ހިތްވަރު ދޭން. އެބަހުރި ބެރިއާސް. ލިޔެކިޔުމުގައި އެބަހުރި ހަމަހަމަކަން. އެހެން ނަމަވެސް އަޅުގަނޑުމެން، އަޅުގަނޑުމެންނޭ މި ދަންނަވަނީ އަޅުގަނޑުމެން އެންމެން އެބަޖެހޭ މި ކަމުގައި ވެސް، މި ޤައުމު ކުރިއަށް ގެންދަންޏާ ތެދުވާން. އެހީތެރިކަން ދޭ ބަޔަކަށް ވާން" އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަދުވެގެން 20 އިންސައްތަ ގޮނޑިއަށް އަންހެން ބޭފުޅުން ކުރިމަތިލައްވާ ހޮވިވަޑައިގަތުމަށް މަސައްކަތްކުރެވުމަށް ޑރ. މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް