ޚަބަރު

އަންނަ އަހަރަށް ލަފާކުރާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން 30 އޮކްޓޯބަރުވީ ހޯމަދުވަހުގައި ހުށަހަޅާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ޖުމްލަ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ބަޖެޓުގެ ބަޔާނާއެކު އިތުރު ތަފުސީލުތައް މީޑިއާއާ އާންމުންނާ ހިއްސާކުރާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ހުށައަޅާފައިވަނިކޮށެވެ. މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރަނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށައެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށައެޅިގައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށެވެ

Ads by HDC
  1. ވަގުންނޭ

    ރައީސް ޔާމީން ގާނޫނާއި ޚިލާފުވަނީ އެއީ ނޫސްވެރިން ނަށް ބައިއަޅާ އިންޑިއާ ސިފައިން ބާލަން ބުނީމަތޭ ޕާރޓޭން އައްޑޫން ނާއި ފުވައްމުލަކާއި ހުވަދޫން އައިސް މާލެ އަޅާ ފުރާލާ ފައި އޮތްއިރު އެތަން ތަމެން ނޫސްވެރިންނަށް ނުފެންނަނީ ނިކަމެތި ރައްޔިތުން އަތުން ކަޓް ނުލިބޭތީދޯ ރައީސް ޔާންޓޭ އެބަޖެހޭ ނޫސްވެރިން ވެސް ސްއިޒު ކުރަން ބޮޑެތި ވަގުން ނޫސްވެރިންގެ ނަމުގައި ތިބެގެން ކުރަނީ ބޮޑެތި ވައްކަމޭ ވަގުންނޭ މިހާރު ނޫހުގެ ނޫސްވެރިން އެއީ ބޮޑެތި ވަގުންނޭ ވަގުންނޭ ދެން ދެ ވަނައިގައި އުޅޭނީ ވަގުތޭ އެވެސް މިހާރު ވަގުން ހިންގާ ނޫހެކޭ