Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިޒްރޭލުގެ ފަތުރުވެރިން މަތިވެރިއަށް އެރުން މަނާ ކޮށްދިނުމަށް އެދި ޤަރާރެއް ނެރެފި

އިޒްރޭލުގެ ފަތުރުވެރިން މަތިވެރިއަށް އެރުން މަނާ ކޮށްދިނުމަށް އެދި ޤަރާރެއް ނެރެފި

އިސްރާއީލު ފަތުރުވެރިން، އއ. މަތިވެރިއަށް އެރުން މަނާކޮށްދިނުމަށް އެދި އެ ރަށު ކައުންސިލުން ޤަރާރެއް ނެރުއްވައިފިއެވެ.

މަތިވެރީގެ ކައުންސިލުން ނެރުއްވި ޤަރާރުގައި ވަނީ ފަތުރުވެރިންގެ ގޮތުގައި ނުވަތަ އެހެންވެސް ބޭނުމަކު ރާއްޖެއަށް "އިސްރާއީލް" ގެ ޕާސްޕޯޓުގައި އެތެރެވެ ތިބި އެއްވެސް މީހަކު އެތެރެވުން ހުއްޓުވައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ ރަށު ރައްޔިތުންގެ ނަމުގައި ގޮވައިލައްވައިފައެވެ.

ފަލަސްޠީނުގެ ބިން ފޭރިގެންފައިވާ ޔަހޫދީ އިސްތިއުމާރީން، މަތިވެރިއަށް އެރުމުގެ ހުއްދަ ނެތް ކަމަށް އެ ކައުންސިލުން ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

Advertisement
HDC — Sidebar (box)

އަދި މަތިވެރިއަށް ފަތުރުވެރިން ގެންނަ ފަރާތްތަކުން "އިސްރާއީލް" ޕާސްޕޯޓު އޮތް އެއްވެސް މީހަކު އެ ރަށަށް ނުގެނައުމަށް ވެސް ޤަރާރުގައި އެދިވަޑައިގެންފައިވެއެވެ.

މީގެ އިތުރުން އެގޮތަށް ކަން ނުކޮށްފިނަމަ، އެ ރަށުގެ އަމާންކަމާއި ސަލާމަތަށްވެސް ނުރައްކަލާ ކުރިމަތިލަން ޖެހިދާނެ ކަމަށް މަތިވެރީ ކައުންސިލުގެ ޤަރާރުގައި ވަނީ ވިދާޅުފައެވެ.

ހަމަ އެހެންމެ، މުސްލިމުންގެ މުޤައްދަސް ބިމަކަށް އަރައިގަނެ، މުސްލިމު އަހުންނާއި އުޚުތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާގެ ސަބަބުން، އިސްރާއީލް މީހުންނަށް މަތިވެރިން މަރުޙަބާ ކިޔެން ނެތް ކަމަށް ވެސް އެ ޤަރާރުގައިވެއެވެ.

އެހެންކަމުން، އެ ރަށުގެ ވެށިން އަމާންކަމާއި ހިޔާވަހިކަން އިސްރާއީލުގެ ޕާސްޕޯޓު އޮތް އެއްވެސް ފަތުރުވެރިޔަކަށް ދޭން ބޭނުން ނުވާ ކަމަށްވެސް މަތިވެރީ ކައުންސިލުން ނެރުނު ޤަރާރުގައި ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް