Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ: ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހު

ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ: ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ. ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މި މައްސަލައިގެ އަޑުއެހުން އަންނަ ހޯމަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ބޭއްވުމަށެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަކާ މެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަަނަ މާއްދާގައި ވާގޮތުގެ މަތިން އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް ވަނީ އެދިފައެވެ. ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ ފުރަތަމަ އެޖެންޑާކުރީ އާދީއްތަ ދުވަހަށެވެ. އެ ދުވަހު ވެސް އަދި އިއްޔެ އަށް އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް އީވާ ސަލާމުގައި ހުންނެވުމުން މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ނައިބު ރައީސެވެ.
 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް