ބައިސްކޯފުން ބާއްވާ "ފަލަސްތީނާ އެކު ފަންނާނުން" ޝޯ މާދަމާ ރޭ

ބައިސްކޯފުން އިސްނަގައިގެން ދިވެހި އެކި ފަންނާނުންނާ ގުޅިގެން މާދަމާ ރޭ އޮލިމްޕަހުގައި ބާއްވާ އިވެންޓުގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.
ބައިސްކޯފުން އިސްނަގައިގެން ބާއްވާ މި ހަރަކާތުގައި، ދިވެހި ފިލްމީ ދާއިރާގެ 30އަށްވުރެ ގިނަ ފަންނާނުންގެ ހުނަރު ދެއްކުން އޮލިމްޕަހުގައި ވަނީ ތާވަލުކޮށްފައެވެ.
މި ޝޯ ކުރިއަށް ދާނީ މާދަމާ ރޭ 8:30 އިން 12އަށެވެ.
މި އިވެންޓުގެ ޓިކެޓުގެ އަގަކީ 150 ރުފިޔާއެވެ. އަދި ޓިކެޓު ބުކްކުރުމަށް 9758808 އަށް ގުޅައިގެން ވަގުތުން ބުކްކުރެވޭނެއެވެ.
ބައިސްކޯފުން ބުނީ މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް މޯލްޑިވިސް ރެޑް ކްރެސެންޓްއަށް ހަދިޔާކުރުމަށް ނިންމާފައިވާކަމަށެވެ.
ގާޒާގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީވުމުގެ ގޮތުން މިހާތަނަށް ރާއްޖެއިން ވަނީ 23 މިލިއަން ރުފިޔާ އާއި 13،000 ޑޮލަރު ހަދިޔާކޮށްފައެވެ.