Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިންތިގާލީ އިންސާފުގެ އޮފީސް އުވާލަނީ

އިންތިގާލީ އިންސާފުގެ އޮފީސް އުވާލަނީ

އިންތިގާލީ އިންސާފުގެ އޮފީސް އުވާލަން ނިންމައިފިއެވެ.

އެތަން އުވާލަނީ މި މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ އޮފީސް އުވާލަން ހިންގަން ބޭނުން ނުވާތީއެވެ. އަންނަ 2024 ވަނަ އަހަރުގެ ބަޖެޓުގައިވެސް އެ އޮފީހަށް ބަޖެޓު ކަނޑައެއް ނާޅައެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެއްލެވުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ. އެތަން އުފެއްދީ 2020 ވަނަ އަހަރުގެ ތެރޭގައި ދެ އަހަރުގެ މުއްދަތަކަށެވެ.

Advertisement
Ooredoo — Truecaller (box)

އިންތިޤާލީ އިންސާފުގެ ޤާނޫނު ބުނާގޮތުން އެ އޮފީހަށް ހުށައަޅާ މައްސަލައެއް ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި ތަހުޤީގުކޮށް ނިންމަން ޖެހެއެވެ.

65 އަހަރުގެ ދިގު މުއްދަތެއްގައި ހިނގފައިވާ ކަންކަން ބެލުމަށް އުފެއްދި މި އޮފީހަށް ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފް ޤާއިމްކޮށްދިނުމުގެ ބާރު ޤާނޫނުން އެ ލިބިދީފައިވާއިރު، އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާލީ ބަދަލު ނަގައިދޭން ހުށަހެޅޭ ބާވަތުގެ މައްސަލައެއްނަމަ، އެބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް