ޚަބަރު

މާތް ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު އޮޕަރޭޝަނަކަށްފަހު ތުއްތު ޔޫން އެނބުރި ރާއްޖެ އަތުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިގެން މިދިޔަ މަހުގެ 29 ވަނަ ދުވަހު އިންޑިއާއަށް ފުރި، އުމުރުން 9 މަހުގެ ޔޫން މުޙައްމަދު ޔުނާން، މާތް ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު އޮޕަރޭޝަނަކަށް ފަހު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

Ads by Sosun Fihaara

ދިވެހި ފިލްމީތަރި މުޙައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިޙްލާ (ރިހޫ) ގެ ހަގުދަރިފުޅު ޔޫންގެ ހިތުގެ އޮޕަރޭޝަން ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

ޔޫންގެ މައިންބަފައިންނާއެކު އެނބުރި ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރުފަހު 14:45 ހާއިރުއެވެ.
"ދެން" އަށް މައުލޫމާތު ދެމުން ރިހޫ ބުނީ ޔޫންގެ ހާލު މިހާރު ރަނގަޅު ކަމަށާއި ނަމަވެސް އަހަރެއް ފަހުން އަނެއްކާވެސް ދައްކަން ދާން ޖެހޭ ކަމަށެވެ.

"ބުނީ އަހަރެއްފަހުން އަނެއްކާވެސް ދައްކަން ދާން. އެކަމަކު އޭގެ ކުރިންވެސް ހާލުދެރަ ވެއްޖިއްޔާ ޑޮކްޓަރަށް ދައްކަން ދިޔުމަށް. މިހާރު ކަރަންޓީނު ނިމުނީމަ ޑރ. އެލީނާ އަށް ދައްކާފައި ފޮލޯއަޕެެއް ހަދަން ވެސް ބުނި" ރިހޫ ބުންޏެވެ.

އުފަންވިއިރު ވެސް ހިތުގެ މައްސަލައެއް ހުރި ޔޫން، ދުނިޔެއަށް އައިތާ އެއްދުވަސް ފަހުން ވަނީ އެމަޖެންސީކޮށް އިންޑިއާއަށް ގެންގޮސް އޮޕަރޭޝަނެއް ކޮށްފައެވެ. އެއީ ޔޫންގެ ފުރަތަމަ އޮޕަރޭޝަނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!