ޚަބަރު ރައްޔިތުންގެ މަޖިލިސް

އީވާ ސަލާމް ފޮނުވުމުން މިއަދުގެ ޖަލްސާ ވެސް ކެންސަލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް މިއަދަށް އެޖެންޑާ ކުރި ޖަލްސާ ވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވާފައިވާތީ ކެންސަލްކޮށްފިއެވެ.

Ads by Hajj Corporation

މަޖިލިސް އިދާރާއިން ފޮނުވި މެސެޖްގައި ބުނެފައިވަނީ މިއަދުގެ ޖަލްސާ އަށް މަޖިލީހުގެ ނާއިބު ރައީސް ސަލާމް ފޮނުއްވާފައިވާތީ، އެ ޖަލްސާ ކެންސަލް ކުރެވިފައިވާ ކަމަށެވެ.

މިއަދު ޖަލްސާ އިއްޔެ އެޖެންޑާކުރީ ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ ދިގު ދެމިގެންދާތީ، އެ މައްސަލަ އަވަސްކޮށް ޖަލްސާއެއް ބާއްވައި ދިނުމަށް އެމްޑީޕީން އެދުމުންނެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ މަހުގެ 29، 30 އަދި މި މަހުގެ 1 ވަނަ ދުވަހު ވެސް ތާވަލު ކުރިއެވެ. ނަމަވެސް އެ ޖަލްސާތަކަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމުން ޖަލްސާތައް ވަނީ ކެންސަލް ކޮށްފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ނައިބު ރައީސެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!