އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލަށް ޢާންމުންގެ ޚިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލަށް ޢާންމުންގެ ޚިޔާލު ހުށަހެޅުއްވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިޖިލީހުން ވިދާޅުވީ އެ އިދާރާގެ އިޤްތިސާދީ ކޮމިޓީގައި ދިރާސާކުރަމުންގެންދާ “އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލް” އާންމުންގެ ހިޔާލު ފުރުސަތު 09 ނޮވެމްބަރުގެ 12:00ގެ ނިޔަލަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
މި ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް ކުރައްވަން ބޭނުންވާ ނަމަ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެއިލް އަށް ނުވަތަ އެ އިދާރާއަށް ލިޔުމުން ފޮނުވުމަށް މަޖިލީހުން ވަނީ އެދިފައެވެ.