ދުނިޔެ

ފަހުރާއެކު އިސްރާއީލް އިން ބުނީ ޣައްޒާގެ 20،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ގާތްގަނޑަކަށް 20،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އިޒްރޭލުގެ ސަލާމަތީ އިސް އޮފިޝަލަކު ބުނެފިއެވެ.

Ads by Sosun Fihaara

ޔެޑިއޯތު އަހްރޯނޯތުގެ ޑިޕްލޮމެޓިކް ކޮރެސްޕޮންޑެންޓް އިޓަމާރް އައިކްނަރ މިއަދު ބުނި ގޮތުގައި, އިމާރާތްތަކުގެ ކުނިތަކުގެ ތެރޭގައި އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާ ކަމަށެވެ.

މީޑިއާތަކުން އެފަދައިން ރިޕޯޓް ކުރި ނަމަވެސް ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 9500 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ ބުނެފައެވެ.

މީޑިއާ އޮފީހުގެ ވެރިޔާ ސަލާމާ މައުރޫފް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގެ ޝަހީދުވި މީހުންގެ ތެރޭގައި 3،900 ކުޑަކުދިންނާއި 2،509 އަންހެނުން ހިމެނޭ ކަމަށެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,000 އަށް އުފުލިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!