ޚަބަރު

ފްލެޓް ދިނުމުގެ މަސައްކަތް މަޑުޖައްސައިލަން ދުންޔާ ވެސް ގޮވައިލައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުންޔާ ވާހަކަ ދައްކަވަނީ: ދެން އިމޭޖްސް

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދޫކުރުން މަޑުޖައްސައިލުމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވައިލައްވައިފިއެވެ.

Ads by Sosun Fihaara

ދުންޔާ މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައެވެ. އެކަމަނާ ވިދާޅުވީ، ރައްޔިތުންގެ ތާއީދު ނެތް ސަރުކާރެއް ނިމެން 10 ދުވަހަށް ވުމުން އަވަސްއަރުވާލާފައި ފްލެޓް ދިނުމަށް މަސައްކަތްކުރާތީ ކޮރަޕްޝަނަށް އިނގިލި ދިއްކުރަން ފުރުސަތު ލިބިގެންދާ ކަމަށެވެ.

"ފްލެޓްތައް އޭގެ އަސްލު ހައްގުވެރިންނަށް ދިނުމަށް މިމަސައްކަތް މަޑުޖައްސާލަން ޖެހޭ!" ދުންޔާ ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ، ފްލެޓް ދޫކުރުމުގެ ކަންކަން މަޑުޖައްސައިލަން އެދިވަޑައިގެންފައެވެ.

ނަމަވެސް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވިދާޅުވީ، ފްލެޓް ދޫކުރުމުގެ ކަންކަން ހުއްޓައިލުމުގެ ވިސްނުމެއް ނެތް ކަމަށާއި، އެކަމަށް އޮތް ޤާނޫނީ ހުރަހެއް ވެސް ނެތް ކަމަށެވެ.

މި ސަރުކާރުން 4000 ‏‏ފްލެޓް ދޫކުރި ގޮތާއިމެދު، އާއްމުން ހިތްހަމަނުޖެހުން ފާޅު ކުރަނީ ޕޮއިންޓު ދީފައި ހުރި ގޮތުން އެތައް ކަންބޮޑުވުމެއް ހުރި ކަމަށް ބުނެއެވެ.

Ads by Allied Insurance
  1. މިއީ ބަންގުލަދޭޝްއެއް ނޫން. ދުންޔާ ބަންގަދޭޝްގެ ކަންތައްތައް ބަލާބަލަ..މިގައުމަށް ކޮންކަމެއް ކޮށްދޭމީހެއްތަ މީނަމިއީ.

  2. ފުލެޓު

    ދުންޔާ މެން މާލެ ގައި ބާރަގެ އޮތީ
    އެހެން މީހަކަ އެއްޗެއް ދޭނެދެނީ
    އަދިވެސް 30 އަހަރު ގައި ހުންނާނީ
    ކެވިފައި

  3. އިނގޭނެއޭ

    އަދުރޭގެ ހަގީގަތް މިދަނީ ފަޅާ އަރަމުންނޭ މަމެން ބުނީމެއް ނޫންތޭ ރައީސް ޔާމީނަށް ވާދަ ނުކުރެވޭނަމަ އުމަރު ނަސީރު އަށްށް ރިޔާސީ ޓިކެޓް ދޭން އެގޮތަށް ޕީޕީއެމް އިން އުމަރަށް ޓިކެޓް ދިންނަމަ މާރަނގަޅުވާނެއޭ މަމެން ގަބޫލު ނުކުރަމޭ ޕާރޓީގެ ސެނެޓަށް ފެންނަ ގޮތް ސަބަބަކީ އެމެން ވަނީ މުއިއްޒު އާއި އަދުރޭ އަޑީގައި ތިބެގެން ގަނެފައޭ އެމެން ނޫންތޭ ވަޓްސް އެޕް މެސެޖް ވެސް ލީކްކުރީ މުއިއްޒު ބުނެގެން ދޯ އެކަންކުރީ ވެސް އަދި ވެސް އުމަރު ގެންނަންވީ ޕީޕީއެމް އަށް އަދިވެސް ރަނގަޅުވާނީ އެގޮތޭ އެއިރުން އަދުރޭ އާއި މުއިއްޒު މި ދެ ވަގުން ރާވާ މަކަރުވެރި ހީލަތްތެރި ރޭވުން އިނގޭނެއޭ…

  4. ދޫނުދޭތި

    ފްލެޓު ދިނީ އޭގެ އެންމެ ހައްގުވެރިންނަށް ކަމަށް ހައުސިންގް މިނިސްޓްރީން ބުނުމުން މަމެން އެކަން ހިތުގެ އަޑިން ގަބޫލު ކުރާނަމޭ އޭސީސީ ބުނެގެން އެއްގޮތަކަށް ވެސް ހައުސިންގް މިނިސްޓްރީން ފްލެޓްސް ތަކާއި ގޯތި ދިނުން ހުއްޓާނުލާށޭ އެކަން ބާރަށް ކުރިއަށް ގެންދާށޭ އަދުރޭ އާއި މުއިއްަޒު ޕީއެންސީ ގައި ތިބި ބޮޑެތި ވަގުން ތަކެއް އޭސީސީ އަށް ފޮނުވައިގެން އޭސީސީގައި ތިބި ބޮޑެތި ވަގުންނާއި ގުޅިގެން އެމެން އެއުޅެނީ އަންނަ މަޖްލީހުގެ އިންތިޚާބަށް ތިޔާ ފްލެޓްސް ބަހާށޭ އެއްގޮތަކަށް ވެސް ދޫނުދޭތި ރައީސް އިބޫގެ ސަރުކާރުން ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި

    • ތަރިކަ

      އަޅުގަދަންނަވާނީ ޔީމީނުވެރިކަމުގައި މުއަިޒު ހައުސިންމިނިސްޓުރީގާހުރެގެން ފުލެޓުދިނގޮތް ދިރާސާކޮލީމާ ހަގީގަތް އެގިގެންދާނެ މުއަޒު މިނިސްޓަރުކަމުހުރެގެންކިތައް ފުލެޓުބައްލަވާގެންނެވިތޯދިރﷲ