Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އިންޑޮނޭޝިއާގެ ކޭޕީކޭއާއި އޭސީސީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އިންޑޮނޭޝިއާގެ ކޭޕީކޭއާއި އޭސީސީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑޮނޭޝިއާގެ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަން (ކޭޕީކޭ) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން އޮފް ދަ މޯލްޑިވްސް (އޭސީސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިއީ ކޮރަޕްޝަންގެ ކުށްތައް ތަޙުޤީގު ކުރުމާއި، އެފަދަ ތަޙުޤީގުތަކުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ތަމްރީނުކުރުމާއި، މަޢުލޫމާތު، ތަޖުރިބާ އަދި އެހީތެރިކަން ބަދަލުކުރުމަށް ރަސްމީ ސިފައެއްގައި ގުޅިގެން މަސައްކަތްކުރުމުގެ ބޭނުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ. މި ފަހުމުނާމާގައި އޭސީސީގެ ފަރާތުން އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ސޮއިކުރައްވާފައިވާއިރު ކޭޕީކޭގެ ފަރާތުން ސޮއިކުރެއްވީ މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑޮނޭޝިއާގެ ކޭޕީކޭގެ ވައިސް ޗެއަރމަން ނޫރުލް ޤުފްރާންއެވެ. ކޭޕީކޭގެ އިސް ވެރިން ހިމެނޭ ވަފުދާއެކު އޭސީސީން އަންގާރަ ދުވަހު ބޭއްވި ރަސްމީ ބައްދަލުވުމެއްގައި، ދެ ކޮމިޝަނުގެ މަސައްކަތްތައް ބައްޓަންވެފައިވާ ގޮތުގެ މައުލޫމާތާއި، ކޮރަޕްޝަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަޖުރިބާ އަދި ގޮންޖެހުންތަކާމެދު މަޝްވަރާކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މި ބައްދަލުވުމުގައި އިންޑޮނޭޝިއާއިން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ބައިވެރިވެވަޑައިގެންނެވި އިރު، އޭސީސީން ކޮރަޕްޝަނާ ދެކޮޅަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ޤައުމުތަކާއެކު ކޮމިޝަނުން މިހާރު މަސައްކަތްތަކެއް ފައްޓަވާފައިވާކަން އޭސީސީގެ ރައީސް އާދަމް ޝާމިލް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކުރެވޭ މަސައްކަތުގައި އިންޑޮނޭޝިއާގެ ކޭޕީކޭފަދަ އިދާރާތަކާއެކު މަސައްކަތްކޮށް ތަޖުރިބާ ލިބިގެންދާކަމީ އޭސީސީއަށް ލިބިގެންދާ ކުރިއެރުމެއްކަމަށާއި ދެފަރާތް ގުޅިގެން ކުރެވޭ މަސައްކަތުގައި ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަމަށް ޝާމިލް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް