ދުނިޔެ

ޣައްޒާގައި ގިނަ ބަޔަކު ހިމާޔަތް ހޯދަމުންދާ އަލްޝިފާ ހޮސްޕިޓަލު ވަށައިގެން ރޭވެސް ބޮމުގެ ހަމަލާތަކެއް ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޣައްޒާގައި ބަލިމީހުންނާއި، ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތް ހޯދަމުންއަންނަ އެންމެ ބޮޑު ހޮސްޕިޓަލް، އައްޝިފާ ހޮސްޕިޓަލް ވަށައިގެން ބޮމުގެ ހަމަލާތަކެއް ރޭވެސް ދީފިއެވެ.

Ads by Sosun Fihaara

އިސްރާއީލުން ދޭ ހަމަލާތަކުގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 10،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގައި ހުންނަ ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ.

މިއާއެކު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ ޣައްޒާ އަކީ ކުޑަކުދިންގެ ގަބުރުސްތާނަކަށް ވަމުން އަންނަ ކަމަށާއި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުން ތަކުރާރުކުރައްވާ ކަމަށެވެ.

ފަލަސްތީނު ރެޑް ކްރެސެންޓުން ވަނީ ޣައްޒާގެ އަލްޤުދުސް ހޮސްޕިޓަލުގައި 48 ގަޑިއިރުގެ ތެރޭގައި ތެޔޮ ހުސްވާނެ ކަމުގެ އިންޒާރު ދީފައެވެ. އިސްރާއީލުން ވަނީ އަލްޝިފާ ހޮސްޕިޓަލުގެ ސޯލާ ޕެނަލް ސިސްޓަމަށް ވެސް ހަމަލާ ދީފައެވެ.

ޣައްޒާގެ އައްޝިފާ ހޮސްޕިޓަލްގެ ވަށައިގެންވާ ސަރަހައްދަށް އިސްރާއީލުން ބޮމުގެ ހަމަލާތަކެއް ރޭ ދީފައިވާއިރު ހޮސްޕިޓަލް ކައިރީގައި އަލިފާން ރޯވެފައިވާ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ މިހާރު ދަނީ އާންމުވަމުންނެވެ.

އަލްޝިފާ ހޮސްޕިޓަލަކީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ އެންމެ ބޮޑު މެޑިކަލް ފެސިލިޓީއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!