Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އޮމްބަޑްސްޕަރސަންގެ އޮފީހަށް އިތުރު 6 މަސް ދިނުމަށް އެދި މުވައްޒަފުން ޕެޓިޝަނެއް ރައީސް އޮފީހަށް ހުށަހަޅައިފި

އޮމްބަޑްސްޕަރސަންގެ އޮފީހަށް އިތުރު 6 މަސް ދިނުމަށް އެދި މުވައްޒަފުން ޕެޓިޝަނެއް ރައީސް އޮފީހަށް ހުށަހަޅައިފި

އޮމްބަޑްސްޕަރސަންގެ އޮފީހަށް އިތުރު 6 މަސް ދިނުމަށް އެދި މުވައްޒަފުން ޕެޓިޝަނެއް ރައީސް އޮފީހަށް ހުށަހަޅައިފިއެވެ.

އިންތިގާލީ އިންސާފުގެ އޮފީސް އުވާލަނީ މި މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ އޮފީސް އުވާލަން ހިންގަން ބޭނުން ނުވާތީއެވެ. އަންނަ 2024 ވަނަ އަހަރުގެ ބަޖެޓުގައިވެސް އެ އޮފީހަށް ބަޖެޓު ކަނޑައެއް ނާޅައެވެ.

ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވަނީ އެ އޮފީހުގެ މުއްދަތު ހަމަވުމަށް ރަސްމީ މަސައްކަތުގެ ހަފްތާއެއްހާ ދުވަހަށް ވެފައިވާއިރު, މިހާރުވެސް އެ އޮފީހަށް ހުށަހެޅުބު 489 މައްސަލައިގެ ތެރެއިން 170 އެއްހާ މައްސަލަ ނުނިމި އެބައޮތް ކަމަށެވެ. އަދި އެ އޮފީހަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ އެ މައްސަލަތަކުގެ ހާދިސާތައް މީގެ އެތަކެއް އަހަރު ކުރިން ހިނގާފަިއވާ މައްސަލަތައް ކަމަށްވެފައި, އެ މައްސަލަތަކާއިގުޅޭ މަޢުލޫމާތު ހޯދުމަށް ބަލާއިރު ގިނަ ދުވަސްވީ ލިޔުންތަކެއްކަމަށްވާތީ, ދަޢުލަތުގެ މުއައްސަސާތަކުން އެ ލިޔުންތަކާއި މައްސަލަތަކާ ގުލެ މައުލޫމާތު ލޯދުމަށް ގިނަ ވަގުތު ނަގާ ކަމަށް ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން އެ ކަމުގައި ގިނަ ގޮންޖެހުންތައް ހުންނާނެ ކަމަށާއި އެ އޮފީހަށް ހުށަހެޅިފައިވާ ކޮންމެ މައްސަލައަކީވެސް ގިނަ އަހަރުތަކެއް ވެފައިވާ މީހުންގެ އިހުސާސްތަކާ ގުޅުންހުރި މައްސަލަތަކެއް ކަމުން, މި މައްސަލަތަކިގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ހިންގި, މައްސަލައިގައި ގޮތްތަކެއް ނިންމަން ޖެހޭ ކަމަށާއި މީގެ ތެރެއިން ގިނަ މައްސަލަތަކަކީ ޝަރުޢީ މަރުޙަލާއަށް ހުށަހެޅުނުގެ އިތުރު ފުރުސަތުތަކެއް މިހާރު ފަހިވެފައި ނެތް މައްސަލަތަކެއް ކަމަށް ބުނެފައިވެއެވެ.

އެކަންކަމާއި, އެ އޮފީހުގައި މަސައްކަތްކުރާ 36 މުވައްޒަފުންނަކީ އެ އޮފީހުގެ މުއްދަތުގެ ތެރޭގައި މުވައްޒަތުންގެ ވަޒީފާއާގުޅޭގޮތުން ދައުލަތުގެ ތެރެއިން ގޮތްތަކެއް ކަނޑައެޅިގެންދާނެކަމުގެ އުންމީދު ދެވިގެން, އެކަމުގެ ބަރޯސާގައި ތިބި މުވައްޒަފުންކަމުގައި ވެފައި, މިއިން ކޮންމެ މުވައްޒަފަކީވެސް އާއިލާއެއް ދެމެހެއްޓުމުގެ ޒިންމާއެއް އޮތް މުވައްޒަފަކަށްވެފައިވާއިރު, އިތުރު ގޮތެއް ނެތި, މުވައްޒަފުން މަގުމަތިވެފާ ހާލަތެއް ކުރިމަތިވެދާނެތީ, އެ އޮފީހުގެ މަސައްކަތްތައް ފުރިހަމަކޮށް ނިންމައި, މުވައްޒަފުންނާގުޅޭ ކަންކަމުގައި ފަހި ގޮތްތަކެއް އެކަށައެޅުމަށް ވަގުތު ދިނުމުގެ ގޮތުން އެ އޮފީހަށް އިތުރު 6 މަސް އިތުުރު ކުރުމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެއްލެވުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ. އެތަން އުފެއްދީ 2020 ވަނަ އަހަރުގެ ތެރޭގައި ދެ އަހަރުގެ މުއްދަތަކަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް