ޚަބަރު

މި ދުވަސްވަރު އެކި ބާވަތުގެ ދޫނި ރާއްޖެއަށް ހިޖުރަކުރާނެ ކަމަށް ބެލެވޭތީ ސަމާލުވުމަށް އެދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިރުވައި މޫސުމާ ދިމާކޮށް މި ދުވަސްވަރު އެކި ބާވަތުގެ ދޫނި ރާއްޖެއަށް ހިޖުރަކުރާނެ ކަމަށް ބެލެވޭތީ އެކަމަށް ސަމާލުވުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އެދެފިއެވެ.

Ads by MWSC

އީޕީއޭ އިން ނެރުނު ސާކިއުލާއެއްގައި ބުނީ އިރުވައި މޫސުމާ ދިމާކޮށް ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެ ހިޖުރަކުރަމުންދާ ކަމަށެވެ. އެހެންކަމުން ހިމާޔަތް ކޮށްފައިވާ އެފަދަ ދޫނިތައް ހިފާ ގެންގުޅުމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދިރުންތައް ކަމަށާއި އެފަދަ ދޫނިތައް ހިފާ، ގެންގުޅުމަކީ ގަވާއިދުގެ ދަށުން މަނާ ކުރެވިފައިވާ ކަމެއް ކަމަށެވެ.

އަދި ރާއްޖޭގައި ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ އެގޮތަށް މޫސުމާއި ގުޅިގެން ރާއްޖެއަށް ހިޖުރަކުރާ ބާވަތްތަކުގެ ދޫނި ކަމަށާއި އެތަކެތި ރައްކާތެރިކުރުމަކީ ގުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް މިދުވަސްވަރާ ދިމާކޮށް ރާއްޖެ އަންނަ ދޫނިތައް ހިފައިގެން ވިޔަފާރިކުރުމަށާއި މުނިފޫހި ފިލުވުމަށް ގެންގުޅޭތީ އެގޮތަށް އެކަން ނުކުރުމަށްވެސް އީޕީއޭ އިން އެދިފައިވެއެވެ.

ގަވާއިދާ ހިލާފަށް މި ކަހަލަ ދޫނިތައް ހިފައި ގެންގުޅޭ ބަޔަކު އެނގިއްޖެ ނަމަ، އީޕީއޭގެ ހޮޓްލައިން 7980379 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރަން ވަނީ އެ އެޖެންސީގެ ސާކިއުލާގައި ވަނީ އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!