Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އަފީފުގެ މައްސަލައެއް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހަޅައިފި

އަފީފުގެ މައްސަލައެއް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި ޤަރާރަކީ މަޖިލީހުގެ ޤަވާއިދާ ޚިލާފު ޤަރާރެއްކަމަށް ނިންމަވައި އެ މައްސަލަ ބޭރުކޮށްލެއްވުމާއެކު، މެންބަރުންގެ އިމްތިޔާޒަށް އޭނާ އަރާވަޑައިގެންނެވިކަމަށް ބުނެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި މިއަދު 12:00 ގައި ބާއްވަން ނިންމާފައިވާ ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅިފައިވަނީ މިއަދުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ޤަބޫލުކުރެވޭތީ އެ މައްސަލައާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމެވެ.

މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ މެންބަރުންނެވެ.

Advertisement
Ooredoo — Square (box)

މި މައްސަލަ ހުށަހެޅީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނޫންކަމަށްބުނެ އެ ގަވާއިދު ބޭރުކޮށްލުމާއި ގުޅިގެންނެވެ.

ހަސަން އަފީފު ރިޔާސަތާ ހަވާލުވެ، މަޖިލިސް ފެށުމާއެކު، މަޖިލީހުގެ ރައީސް ނިސްބަތްވާ ދަ ޑިމިކޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަލީ އާޒިމް ނެންގެވީ ނިޒާމީ މައްސަލައެކެކެވެ. އާޒިމްގެ ނިޒާމީ މައްސަލައަކަށްވީ މަޖިލީހަށް ހުށަހަޅާފައިވަނީ ގަރާރެއްތޯ ނުވަތަ ބިލެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ސާފު ކުރުމެވެ.

ކުއްލިއަކަށް އަފީފް ޖަލްސާ ނިންމަވައިލެއްވީ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް