ޚަބަރު

ޝުމްބާ ނުހައްގުން ބަންދުކުރި މައްސަލާގައި ދަޢުލަތުން މާފަށް އެދެން ޖެހޭ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްރީލަންކާގައި ހުއްޓާ، 2015 ވަނަ އަހަރު ހައްޔަރު ކުރި ޅ. ހިންނަވަރު، ނައިލޯނުގެ، އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް)، ނުހައްގުން ހައްޔަރުކުރި މައްސަލާގައި ދަޢުލަތުން މާފަށް އެދެން ޖެހޭ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ނިންމައިފިއެވެ.

Ads by MWSC

"ދެން"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހުން ނިންމާފައި ވަނީ ޝުމްބާ ހައްޔަރުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ނުވާތީ އޭނާގެ ކިބައިން ދައުލަތުން މަޢާފަށް އެދެން ޖެހޭ ކަަމަށެވެ.

އަދި އޭނާ އަށް މާލީ ބަދަލެއް ދޭން ޖެހޭ ކަމަށް ވެސް ވަނީ ނިންމާފައެވެ. މާލީ ގޮތުން އޭނާއަށް ދިނުމަށް އަންގާ ފައިސާގެ ތަފުސީލު އަދި ލިބިފައެއް ނުވެއެވެ.

ޝުމްބާ ހައްޔަރުކޮށްފައި ވަނީ 2015ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1ވަނަ ދުވަހުގައެވެ. ޝުމްބާ ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ވެރިކަމުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަަށް ދައުވާ އުފުލައި ދިނުމަށާއި ދައުލަތުން އޭނާ ގާތު މާފަށް އެދެން ޖެހޭނެ ކަމަށް ޝުމްބާގެ ފަރާތުން ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް ޝުމްބާ ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އޭނާގެ އިންސާނީ ހައްގުތަކާއި ކަރާމަތަށް އަރައިގަނެފައިވާތީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އޭނާއަށް އަނިޔާ ކުރި މީހުންނާއި އެކަމުގައި ބައިވެރިވެފައިވާ ކަަމަށް ފާހަގަވެފައިވާ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ދައުވާކޮށްދިނުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!