Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މެންބަރުންގެ ސުލޫކީ ގަވާއިދު އެކުލަވާލަނީ

މެންބަރުންގެ ސުލޫކީ ގަވާއިދު އެކުލަވާލަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ ގަވައިދު އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލީހަކީ ކޮންމެ ދުވަހަކު ސިޔާސީ ކަންތައްތަކެއް ކުރާ މަޖިލީހެއްގެ ގޮތުގައި މެމްބަރުން ދެކެވަޑައިގެންނެވިޔަސް، އެއީ އެކަން އޮތް ގޮތް ނޫން ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ނައިސް ކުރިޔަށް ގެންދެވޭނެގޮތަށް ކަންކަން އިންތިޒާމް ކުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ އެގޮތުން ބައެއް ފިޔަވަޅުތައް އެޅުމަށް ވިސްނަވަމުން ގެންދަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އެގޮތުން ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ހ ގެ 2 ގައި ބަޔާންކުރާ މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ ކަންކަމުގެ ގަވައިދު އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެކަމަށް މެމްބަރުންގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް  ވެސް އަސްލަމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް