Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިންތިގާލީ އިންސާފުގެ އޮފީހަށް އޭސީސީން ވަދެއްޖެ

އިންތިގާލީ އިންސާފުގެ އޮފީހަށް އޭސީސީން ވަދެއްޖެ

ދިވެހިންނަށް އިންސާފު ހޯދައި ދިނުމަށް އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުގެ ބައެއް އޮމްބަޑްސްމަނުންގެ ނުފޫޒު ބޭނުންކޮށް، ބައެއް ނިންމުންތައް ބަދަލުކުރާ ކަމުގެ ތުހުމަތުގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އޮފީހަށް ވަދެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އޭސީސީން ތަހުގީގު ކުރަމުން އަންނަނީ އޮމްބަޑްސްޕާސަންސްގެ އޮފީހުން ބަލާފައިވާ މައްސަލަ ތަކެއްގެ ރިޕޯޓާއި ހަވާލުވުމަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ދިޔަ އިރު ރިޕޯޓުތަކުގެ ނިންމުން ބަދަލުކޮށްފައިވާ މައްސަލަތަކެކެވެ.

އޭސީސީން އޮމްބަޑްސްޕާސަންސްގެ އޮފީހަށް ވަދެފައިވާއިރު މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވި އޮމްބަޑްސްޕާސަން ޖިހާދާ އަނީސް އިސްތިއުފާއަށް ފަހު ނެރުއްވި ބަޔާނެއްގައި އޭނާ ވަނީ، މައްސަލަތައް ނުނިންމައި ދިގު ދެންމުމަށް ފަހު ދައުރު ނިމެން ދެ ހަފްތާއަށް ވެފައި ވަނިކޮށް ގަވައިދުތަކާއި ތަހުޤީގުކުރުމުގެ އުސޫލުތަކާ ހިލާފަށް ކުއްލިއަކަށް މަސައްކަތްތައް ނިންމަން ފަށައި، ކުރިން ނިންމާފައިވާ ބައެއް މައްސަލަތަކުގެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

Advertisement
Ooredoo — Square (box)

އިންތިގާލީ އިންސާފުގެ އޮފީހުގެ ދައުރު މި އަންނަ ހުކުރު ދުވަހަށް ހަމަ ވާނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް