Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިސްރާއީލް ޕާސްޕޯޓް މަނާ ކުރަން ގޮވާލާ ބޭއްވި މުޒާހަރާގައި ފަލަސްތީން ސަފީރު ވަލީދް ބައިވެރިވެވަޑައިގެންފި

އިސްރާއީލް ޕާސްޕޯޓް މަނާ ކުރަން ގޮވާލާ ބޭއްވި މުޒާހަރާގައި ފަލަސްތީން ސަފީރު ވަލީދް  ބައިވެރިވެވަޑައިގެންފި

އިސްރާއީލް ރައްޔިތުންނަށް ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ނުދިނުމަށް އެ ޤައުމުގެ ޕާސްޕޯޓް ބޮއިކޮޓް ކުރުމަށް ގޮވާލައި މިއަދު ކުރިޔަށްދިޔަ މުޒާހަރާގައި ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަލީދް އަބޫ އަލީ ބައިވެރިވެ ވަޑައިގެންފިއެވެ.

ފަލަސްތީނުގެ ދިދަ އާއި އެ ޤައުމުގެ ރައްޔިތުންގެ ދިފާއުގައި ތަފާތު އެކިއެކި ޝުއޫރުތައް ހިފައިގެން ރައްޔިތުންގެ މަޖިލިސް ކައިރީގައި ބޭއްވި މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ގޮވާލާފައި ވަނީ އިސްރާއީލްގެ މީހުން ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި އެ ޤައުމުގެ ޕާސްޕޯޓް މަނާކުރުމަށެވެ.

ހަމަ އެހެންމެ އިސްރާއީލަށް ފަންޑު ކުރާ ހުރިހާ ބްރޭންޑުތަކެއް ބޮއިކޮޓް ކުރުމަށް ވެސް އެއްވުމުގެ ބައިވެރިން ވަނީ ގޮވައިލައިފައެވެ.

Advertisement
Ooredoo — Truecaller (box)

އެގޮތުން މި މުޒާހިރާގައި ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދް އަބޫ އަލީ ވަނީ ބައިވެރިވެޑައިގެންފައެވެ.

ސަފީރު ވަލީދް ވަނީ ފަލަސްތީނުގެ މިނިވަން ކަމަށް ރާއްޖެއިން އަޑުއުފުލާ ކުރަމުންދާ ތާއީދަށް ޝުކުރު އަދާކުރައްވައިފައެވެ.

މީގެ އިތުރުން މި މުޒާހަރާއާ ގުޅިގެން މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް މައްސަލައެއް ހުށަހަޅާފައި އޮތުމުން އެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ވެސް ވަނީ ބާއްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް